ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާލަލް އިން ޓީއެމްއޭ ވިއްކާލަނީ

ޓިއެމްއޭގެ ސީޕްލޭން އެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމުގައިވާ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ) ގެ ހިއްސާ ވިއްކާލުމުގެ މަސައްކަތް މިދިޔަ އަހަރު އެކުންފުނީގެ ހިއްސާ ގަތް އެމެރިކާގެ ކާލައިލް ގްރޫޕުން ފަށައިފިއެވެ.

އެމެރިކާގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ބައިން ކެޕިޓަލް އިން ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 2017 ވަނަ އަހަރު ގަނެފައިވަނީ ގާތްގަނޑަކަށް 550 މިލިއަން ޑޮލަރަށެވެ. އެ ކުންފުނިން މުއާމަލާތް ކޮށްފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެންނެވެ. ބައިން އިން ޓީއެމްއޭގެ ހިއްސާ ގަނެފައިވަނީ އެމެރިކާގެ ބްލެކް ސްޓޯން ކުންފުނީގެ އަތުންނެވެ.

އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ޓެންޕަސް ގްރޫޕް ކޯ އިން ގަތް ކުންފުނީގެ މައި ހިއްސާ ވިއްކާލަނީ ލޯނެއްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެދެކުންފުންޏަށް ދެއްކޭގޮތް ނުވުމުންނެވެ.

އެހެންކަމުން އެކަމުގައި މައްސަލަތަކެއްޖެހި ޓީއެމްއޭގެ ބޮޑު ހިއްސާއެއް އެމެރިކާގެ ވަލްޗާ ކެޕިޓަލް ފާމެއް ކަމަށްވާ ކާލައިލް ގްރޫަޕަށް ވިއްކާލީ މިދިޔަ އަހަރުގެ މެދު ތެރޭގައެވެ. އަދި ކިންގް ސްޓްރީޓާއި ޑޭވިންސަން ކެމްޕް އިން ވެސް ވަނީ ހިއްސާ ގަނެފައެވެ.

ކާލަލްއިން މިހާރު މަސައްކަތް ކުރަމުން ދަނީ ޓީއެމްއޭ ވިއްކާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާއި ގުޅޭ ފުރަތަމަ މަޝްވަރާ ބައްދަލުވުމް ޓީއެމްއޭގެ ހިއްސާދާރުންނާއި އެކު ވަނީ ބާއްވާފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާގެ އަގު 700 މިލިއަން ޑޮލަރާއި 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ޓީއެމްއޭ އިން ލަފާކުރެއެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފުޅާ ދާއިރާއެއްގައި ވިޔަފާެރިކުރަމުންދާ ޗަޕްމާ ބްރަދާސް އިން ހިންގަމުން އައި ޓީއެމްއޭ އެމެރިކާގެ ބްލެކްސްޓޯން އިން ގަނެފައިވަނީ 2013 ވަނަ އަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: