ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ޝެއިޚް އިމްރާން ވިއްކުނަސް މިހާރު އެއީ އައުޓްޑޭޓް ޕްރޮޑަކްޓެއް!

ޙޮމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝެއިޚް އިމްރާންއަށް ކުރިން ތާއީދުކޮށް ރުހުނަސް މިހާރު އެއީ ބަލައިގަންނަ މީހެއް ނޫންކަމަށް ބުނެ އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އާއްމުން މިހާރު ބުނަމުންދަނީ ދެން ކިތަންމެ ސަނާކިޔަސް އާއްމުން އޭނާ ބަލައިނމުގަންނާނެ ކަމަށެވެ.

މިފަހުން ޓުވިޓާގައި އިމްރާން ކުރައްވާ ކޮންމެ ޓުވީޓަކަށްވެސް އާއްމުންގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ.

”ޝެއިޚް އިމްރާންގެ ޓުވީޓުތަކަށް އާއްމުންގެ ރައްދު”

ސިޔާސީ ރޭހުގައި ކާމިޔާބީ ހޯދޭނީ ތިމާގެ އަމިއްލަ މަސްލަހަތަށްވުރެއް ދީނާ، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާ ބަޔަކަށް ކަމަށްބުނެ އިމްރާން ކުރެއްވި ޓުވީޓަށް ރައްދުދެމުން އާއްމުންގެ މީހަކު ބުނެފައިވަނީ މަޤާމުގެ ދަހިވެތިކަމުގައި ކޮންމެ ސަރުކާރެއްގެ ތެރެއަށް ވަނެ އަމިއްލަ މަންފާ ހޯދަން ޝެއިޚް އިމްރާން މަސައްކަތް ކުރަމުންދާކަމަށާއި ސަރުކާރުން ހިންގާ ކޮންމެ ޖަރީމާއެއްގައިވެސް އިމްރާން ބައިވެރިވާކަމަށެވެ.

އިންތިޚާބު ކައިރިވަމުންދާތީ ތާއީދުހޯދުމަށް ޝެއިޚް އިމްރާން މާ ހެޔޮފުޅުވާން އުޅެނީ ކަމަށްވެސް އެތަށްބަޔަކުދަނީ ބުނަމުންނެވެ.

ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ދީނަށް އެއްމެ ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް ބުނެ އިމްރާންކޮށްފައިވާ ޓުވީޓަށް ރައްދު ދެމުން އާއްމުންގެ މީހަކު ބުނެފައިވަނީ މި ފަހުން އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ބޮޑު މައްސަލައަކަށްވީއިރުވެސް އިމްރާންގެ އަދާލަތު ޕާޓީއަށް ބަހެއް ބުނަން ނުކެރުމުން ދީނުގެ ދިފާޢުގައި ތެދުވަން ކެރޭ މިނަވްރު އެނގިގެން ދިޔަ ކަމަށެވެ.

އަދި ޝެއިޚް އިމްރާން ހޯމް މިނިސްޓަރުކަމުގައި ހުންނަވާގެން ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ޝެއިޚް ފަޒްލޫން މުހައްމަދު އަދި އާދަމް ނިޝާން ހައްޔަރުކުރުމުން ދޭހަވަނީ ޝެއިޚް އިމްރާންއަކީ އަމިއްލަ މަންފާއަށް ކޮންމެ ސަރުކާރެއްގައިވެސް މަސައްކަތް ކުރާ ބޭފުޅެއްކަމަށް އާއްމުންވަނީ ބުނެފައެވެ.

މިވަގުތު ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަދި އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމުވެސް ފުރުއްވަމުންދާ ޝެއިޚް އިމްރާން ކުރިން ހުންނެވީ މިއަދުގެ ސަރުކާރާއި ދެކޮޅަށެވެ. ސަރުކާރާ ދެކޮޅަށް އެއްޗެހި ކިޔުން ހުއްޓާލާ ސަނާކިޔަން ފެށުމުންވެސް ގިނަ ބައެއްގެ މަލާމަތް ވަނީ އިމްރާންއަށް ރައްދުވެފައެވެ.

ހާހަކުން ފަހަރަކު ޓުވީޓެއްކޮށްލާ ޝެއިޚް އިމްރާން ކުއްލިގޮތަކަށް ފުލުފުލުން ޓުވީޓު ކުރަމުންދިޔުމުގައި ފޮރުވިފައިވާ ހަޤީޤީ މަޤްޞަދަކީ ކޮބައިބާއެވެ؟ ފަހަރުގައި އެއީ އިމްރާން ހުރި މަގާމުގެ ގޮތުން އަންނަ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ބޭނުންކުރި އުކުޅަކަށްވެދާނެއެވެ. ނޫންނަމަ 2023 އަށް އަގު ހިއްލާލުމަށް ކުރެއްވި ކަމަކަށްވެސް ވެދާނެއެވެ. ދެގޮތުންކުރެ ކޮންމެ ގޮތެއް ވިޔަސް ރައްޔިތުން މިއަދު ބުނަނީ ޝެއިހް އިމްރާން އިއްޔެ ވިއްކުނު ނަމަވެސް، މިއަދު އިމްރާނަކީ ވިއްކޭވަރަށްވުރެ އައުޓްޑޭޓް ޕްރޮޑަކްޓެއްކަމަށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: