ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި މައްސަލާގައި ފިރާގު ސަރުކާރަށް: ތިބޭފުޅުންގެ ބައިވެރިވުމެއް އޮތީތޯ، މިހާރު ވަރަށް ޝައްކު!

ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގާ އެތައް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިފަހުން ދައުރުވެފައިވާއިރު މި މައްސަލައާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ މިކަމުގައި ސަރުކާރުގެ އިސްފަރާތްތަކެއްގެ ބައިވެރިވުން އޮތްކަމަަށް ޝައްކު ކުރެވޭކަމަށް މޭރުންވާފަދައިން، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ”އިނަރ މޯލްޑިވްސް”ގެ ވެރިޔާ މުހައްމަދު ފިރާގު ވާހަކަދައްކަވައިފިއެވެ.

ފޭސްބުކްގައި ފިރާގުކޮށްފައިވާ ޕޯސްޓުގައިވަނީ ސަރުކާރުގެ ބައިވެރިވުން މި ކަމުގައި އޮތުމުން ފިޔަވަޅު އަޅަން ފަސްޖެހެނީތޯ ސުވާލު ކުރައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތްތަކެއްގެ ބައިވެރިވުން އޮތްކަމަށް ވަރަށްބޮޑަށް ޝައްކު ކުރެވޭކަމަށް އެ ޕޯސްޓުގައި ވެއެވެ.

އަލަމްގިރި މައްސަލާގައި ސަރުކާރުން ހިތްހަމަނުޖެހިގެން ފިރާގު ކުރެއްވި ޕޯސްޓް

ހުރިހާ ކުޅިވަރުތަކެއްވެސް ކުޅުމަށް މ،ި ޤައުމުގައި ފުރުބަތު އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެފައިވާއިރު އެކަމަށް ފާޑުވިދާޅުވެ ފިރާގު ވިދާޅުވީ ހުރިހާ ކުޅިވަރަކަށްވެސް ފުރުޞަތު ލިބޭކަން އެނގޭކަމަށާއި އަދި މިކަހަލަ އެތައް ގިރިއެއް ހުންނާނެކަމަށެވެ. އަދި އޭނާ ވަނީ މި މައްސަލާގައި ކެރިގެން ބަސްބުނެ އަދަބު ލިބެންޖެހޭ މީހުންނަށް އަދަބު ދިނުމަށް ގޮވާލާފައެވެ.

”ހުރިހާ ކުޅިވަރަކަށްވެސް ފުރުބަތު ލިބޭނެ. އަދި ބައިވަރު ދިރިތައް ހުންނާނެތާ!މިއުޅެނީ އަދި އެއްމެ ގިރިއެއް ފެނިގެން. ކޮބއިތޯ އިންޓެލް؟ ކޮބައިތޯ ދީނީ ޕާޓީ؟” ފިރާގުގެ އެފްބީ ޕޯސްޓުގައި ވެއެވެ.

އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަމުން ދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލަމްގިރި މިވަގުތު ހުރީ ފުލުހުންގެ ބަންދުގަ އެވެ. އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: