ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ބާއްވަން ބުނި ފުޅަނދުބުރު ކެންސަލް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ނިންމި ފުޅަނދުބުރު މިހާރު ނުބާއްވާގޮތައް ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ”ސަންގު ޓީވީ” އަށް ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ނިންމި ފުޅަނދުބުރުގެ އިތުރުން ޖުލައި 26 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ރޭވިފައިވާ ޖަލްސާވެސް ނުބޭއްވުމަށް ނިންމި ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފާގެ މަތިން ޚަރަދު ކުޑަކުރުމަށް އަސްލު އަޅުގަނޑުމެން ނިންމި ނިންމުމެއް މީ. އެދުވަހު ހެނދުނު ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް އެކަނި އޮންނާނީ.” ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓާ ހަފްސީ އަބްދު ﷲ ވިދާޅުވިއެވެ.

އެހްނަކަމުން، މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި ހަމައެކަނި ދެން ކުރިއަށް ދާނީ ދިދަ ނެގުމުގެ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނ ޖުމްހޫރީ މައިދާނުގައިީ ހެނދުނު 6 ޖަހާއިރުއެވެ.

ދައުލަތުގެ ޚަރަދުތައް އިތުރުވުމާއި ގުޅިގެން ޚަރަދުކުޑަކުރަން އަންގާ ނިމިދިޔަ ޖޫންމަހު ފިނޭންސް މިނިސްޓްރީންވަނީ ސަރުކާރުގެ އޮފީސްތަކަށް ސާކިއުލާއެއްވެސް ފޮނުވާފައެވެ. ޚަރަދުކުޑަކުރުމަށް ސަރުކާރުން ގޮވާލަމުން ދާ ދަނޑިވަޅެއްގައި ފުޅަނދުބުރު ބާއްވަން ނިންމުމުން އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އެއްމެ ފަހުން ފުޅަނދުބުރެއް މާލޭގައި ބާއްވާފައިވަނީ 54 ވަނަ މިނިވަން ދުވަހާއި ގުޅިގެން 2019 ވަނަ އަހަރުއެވެ. އެއަހަރުވެސް ފުޅަނދުބުރު ބޭއްވީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: