ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެއަށްފަހު ސްޓެލްކޯއިން ވިލިނގިލީގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް!

ސްޓެލްކޯއިން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އެމްޑީ ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އާ މަޝްރޫޢެއް ވަރަށް އަވަހަށް ފަށާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް އިއުލާނުކުރައްވާފިއެވެ.

ސްޓެލްކޯގެ އާ ޗެއާމަންކަމުގެ މަޤާމާއި ހަވާލުވި ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ އެ ކުންފުނީގެ މުއައްޒަފުންނަށް ތައާރަފްކޮށްދިނުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަސައްކަތުގެ މާހައުލުގައި އެއްމެ މުހިއްމީ އެކަމަކުން ހިތްހަމަޖެހުން ލިބުންކަމަށާއި އެތަނުގައި މަސައްކަތަކުގެ މާހައުލުގައި ލިބެންޖެހޭ ހިތްހަމަޖެހުން މުއައްޒަފުންނަށް ހޯދާދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ.

ޝަރީފް ވިދާޅުވީ ބޯހިޔާ ވަހިކަމުގެ މި މަޝްރޫޢޔގެ ދަށުން ފްލެޓުތައް އިމާރަތްކުރާނީ ވިލިމާލޭގައިކަމަށެވެ.

”ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން” މުވައްޒަފުންނާއި ވާހަކަދައްކަމުން އޭނާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އާ މަޝްރޫޢު ސްޓެލްކޯއިން އިއުލާނުކޮށްފައިވާއިރު އެ ކުންފުނިން މިހާރުވެސްދަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ މުއައްޒަފުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަމުންނެވެ.

ސްޓެލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައި ވަނީ 360 އެޕާޓްމަންޓް ހިމެނޭ ދެ ޓަވަރެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. އެ ފްލެޓްތަކަށް ކުންފުނިން ކަނޑައަޅާފައި ވަނީ މިހާރު މާލޭގައި އެ އަގުގެ ތަނެއް ލިބޭ މިންވަރާ އަޅާ ބަލާއިރު ހެޔޮ އަގެކެވެ.

އެއް ކޮޓަރީގެ ފްލެޓަކަށް މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އާ އެކު މަހު ކުއްޔަކީ 5،622ރ. އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ތަނެއްގެ މަހު ކުއްޔަކީ 10،356-10،652ރ. އާ ދެމެދުގެ އަގެކެވެ. އެތަނަށް މެއިންޓެނަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،300ރ. އެވެ.


 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: