ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީދާ ގިނަވުމުން ސިފައިންނާ ފުލުހުން ނުކުންނަ ގޮތަށް، “ލިވާތީންގެ” މައްސަލައިގަވެސް ނުކުންނަންޖެހޭ: އިޔާޒް

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މީދާ ގިނަވުމުން، ސިފައިންނާއި، ފުލުހުން ނުކުމެ، މީދާ މަރާ ފަދައިން، “ލިވާތީން” ހައްޔަރުކުރުމަށް ނިކުންނަން ޖެހިފައިވާކަމަށް ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި، އެއް ޖިންސުން ގުޅުން ހިންގުންފަދަ އަމަލުތައް ގިނަވެ، ބަލިތަކެއް ފެތުރިގޮސްފައި އޮވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތްކުރައްވާ، އިޔާޒް ވިދާޅުވީ، މީދާ ގިނަވުމުން، ދިވެހި ސިފައިންނާއި ފުލުހުން ނުކުމެ، އެކަން ކޮންޓްރޯލް ކުރުމަށް މީދާތައް މަރާ އުޅޭ ކަމަށެވެ. އެހެންކަމުން އެފަދައިން މިހާރު އެއްޖިންސުން ގުޅުން ހިންގާ ފަރާތްތައްވެސް ގިނަވެފައިވުމުން، އެ ފަރާތްތައް ހައްޔަރު ކުރުމަށްވެސް ސިފައިންނާއި ފުލުހުން ނުކުންނަން ޖެހިފައިވާކަމަށް އިޔާޒް ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންނާއި ސިފައިން ނުކުމެ، މީދާ މެރުމަށް ހަރަކާތްތެރިވާފަދައިން، އެއްޖިންސުން ގުޅުން ހިންގަމުންދާ ފަރާތްތައް ހައްޔަރު ކުރުމަށް ނުކުންނަން ވެފައިވާކަމަށް ފާހަގަކުރައްވާ އިޔާޒވަނީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދިވެސް ހޭއަރަން ވަގުތު ޖެހިފައިނުވޭތޯ ސުވާލުކުރައްވާފައިއެވެ. އަދި ދީނުގައި ނަހީ ކުރައްވާފައިވާ އަމަލުތައްކަމަށް އަރައިގަތުން ގިނަވެގެންދާނަމަ، އެކަމުގެ ކޯފާ އަންނަނީ އެންމެހާ ރައްޔިތުންވެސް ޝާމިލުވާގޮތަށްކަމަށްވެސް އިޔާޒް ފާހަގަކުރެއްވިއެވެ.

 

 

ދިވެހިރާއްޖޭގަައި މިވަގުތު ހިނގަމުންދާ ބޮޑެތި ފާހިޝްއަމަލުތަކުގެ ސަބަބުން ކޯފާއެއް އައިސްދާނެކަމަށް ފާހަގަކުރައްވާ، ރައީސް ސާލިހަށް ހޭވެރިކަން އަންނަ ވަގުތު ޖެހިފައިނުވޭތޯ ސުވާލު ކުރެއްވުމުގެ އިތުރުން އިޔާޒް ވިދާޅުވީ، އެއެޖިންސުން ގުޅުން ހިންގުންފަދަ ފާހިޝް އަމަލުތަކަށް އޮތް “ވެކްސިނަކީ” އެކަމަށް މަގުފަހިވާގޮތަށް ހުޅުވިފައިވާ ހުރިހާ ދޮރުތަކެއް ބަންދުކުރުންކަމާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްގުވާ އަދަބުތައް ދިނުންކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ފާހިޝް އަމަލުތައް ހިންގަމުންދާކަމަށް ފާހަގަކޮށް، އިޔާޒް އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވިއިރު، ދާދި ފަހުން ލީކުވެފައިވާ ވީޑިއޯތަކުގެ މައްސަލައިގައި، ފުލުހުންގެ މުއައްސަސާއިން ކޮށްފައިވާ ތަހުގީގު ތެރެއިން، އެފަދަ އަމަލުތަކެއް އަލަމްގީރުއާއިއެކު ހިންގުމުގައި 250 ދިވެހި ފިރިހެނެއް ހިމެނިފައިވާކަމަށް އެ ފުލުހުންވަނީ ހާމަކޮށްފަވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: