ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލެކްމެއިލްކުރުން ކުށަކަށް ވާއިރު ލިވާތުކުޅުނުކަން އެއީ ބޮޑުކަމަކަށް ނުވާތީ އަޖައިބުވަން: ޝެއިޚް ޒައިދު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ޤައުމުގައި ބްލެކްމެއިލް ކުރުން ކުށަކަށްވާއިރު ލިވާތު ކުޅުން އެއީ ބޮޑުކަމަކަށް ނުވާތީ އަޖައިބުވާކަމަށާއި ދީނުގެ އުސޫލުތަކަށް ބަލާއިރު ބްލެކްމެއިލް ކުރުމަށްވުރެއް ލިވާތުގެ ނުބައިކަން ބޮޑުވާނެކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިއަދު އެފްބީގައިކޮށްފައިވާ ޕޯސްޓުގައިވަނީ ލިވާތުކުޅުން ބޮޑުކަމަކަށް މި ސަރުކާރަށް ނުވުމަކީ ހުޅުަނގުގެ ފިކުރުތައް ސަރުކާރުގެ ތެރެއަށް ވަނެފައިވާ މިންވަރު ދޭހަވާ ކަމެއް ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގާ އެތައް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިފަހުން ދައުރުވެފައިވާއިރު މި މައްސަލައާއި ގުޅިގެން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިކަމުގައި އިސްކޮށް އުޅުނު ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރި ހައްޔަރުކުރި ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ލިވާތުކުޅުމުގެ މައްސަލާގައި ނޫންކަމަށާއި ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެންކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

އަދި އެ މައްސަލައިގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންްޓާއި، އަދި ގުޅުން ހިންގިކަމަށް ބެލެވޭ ތަން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލާ ފަސްކޮށްފަ އެވެ. އަދި ފުރުން މަނާކޮށް ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، އޭނާއާއި އެކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި، ފުލުސް އޮފިސަރެއްގެ ޕާސްޕޯޓު ހިފަހައްޓައި ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މީގެ ކުރިން މައުލޫމާތު ލިބުނީ އަލަމްގިރި 50 މީހަކާއި އެކު ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށެވެ. ބްލެކްމެއިލްކޮށް، ބިރު ދެއްކުމުގައި އެހެން ބައެއްގެ ނުވަތަ ދިވެހިންތަކެއްގެ ބައިވެރިވުން އޮތްކަމަށް ބެލެވެ އެވެ. އެކަމަކު ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި ހޯދުންތަކަށް އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގައި ފާހިޝް އަމަލުތައް ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝެއިހަށް ހަމަ ނޭނގެނީތޯ ތިފަދަ ކަމެއް ސާބިތުކުރަން 4 ހެކިން ބޭނުންވާކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: