ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ރައީސްކަމާއި އެމްޑީޕީގެ ރައީސްކަމުން ނަޝީދު ދުރުކުރުމުގެ މަސައްކަތް ފަށައިފި!

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުންނާއި އެމްޑީޕީގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ދުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނަންހާމަ ނުކުރުމަށް އެދި ”ސަންގު”އަށް މައުލޫމާތު ދިން ސަރުކާރުގެ އަދި އެމްޑީޕީގެ އިސްފަރާތަކުން މައުލޫމާތުދިން ގޮތުގައި ނަޝީދު މަޖިލީސް ރައީސްކަމުން ދުރުކުރަން މަސައްކަތް ކުރަން ނިންމާފައިވަނީ މަޖިލިސް ޖަލްސާތައް ފެށުމާއެކުކަމަށެވެ. ސިޔާސީ އެހެން ޕާޓީތައްވެސް އެއްގަލަކަށް އަރުވާ، އެމްޑީޕީ ކޮންގްރެސްގެ ކުރިން ނަޝީދު ވަކިކުރެވޭނެކަމަށް ވިދާޅުވިއެވެ.

އެއަށްފަހު އެޕާޓީގެ ކޮންގްރެސްގައި ނަޝީދު ޕާޓީގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް އެފަރާތުން މައުލޫމާތުދިނެވެ.

ނަޝީދު އާމެދު މިފަދަ ފިޔަވަޅެއް އަޅާން ނިންމީ ކީއްވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުވުމާއެކު މެންބަރުންގެ ސުވާލުތަކާއި ނުރުހުން ނަޝީދަށް އަމާޒުވިއެވެ.

ޤައުމުގެ ވަލީއުލްއަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ އިސްފަރާތްތައް އެކަމުގެ ތެދުދޮގު ހާމަކޮށްދިނުމަށް ނަޝީދުގާތު އެދުނު ނަމަވެސް އެ ތުހުމަތު ތައް ނަޝީދަށް ސާބިތުކޮށްދެވިފައެއް ނުވެއެވެ.

އެގޮތުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި ޖަޒުބާތުގައި ޖެހި އެހެން މީހުންނަށް އޭގެ ރުޅި ބޭލުވުމުގެ ބަދަލުގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާއްމު ކުރުމަށް ރައީސް މުހައްމަދު ނަޝީދަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމްވެސް ގޮވާލިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ނަޝީދު ކުރެއްވި ތުހުމަތުތައް ސަރުކާރުންވެސްވަނީ ދޮގުކޮށްފި އެވެ.

ނަޝީދު ބުނަމުންދަނީ ކީކޭބާ؟

ރައީސް ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ތުހުމމަތު ކުރެއްވީ އަލަމްގިރިއާއި އެކު ގުޅުން ހިންގި އެހެން މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށެވެ.އެގޮތުން ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ އެއްވެސް ކަމެއްކޮށްފައި ނުވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށް، ބަންދަށް ހަތް ދުވަސް ޖަހާފައިވަނިކޮށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަކަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި، ކިނބިދޫ ދާއިރާގެ މެމްބަރު ނާޝިޒަށް ވެސް ތުހުމަތުތަކެއް ކުރައްވާފަ އެވެ. އެއަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހް އަރިހުގައި އެމަނިކުފާނު އައްސަވަން ބޭނުންފުޅު ވަނީ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށްފައި ނާޒިމް އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިހު ގުޅުންހިންގި އަންހެން ކުއްޖާ އަކީ، އާއިލީ ގާތް ކުއްޖެއްކަމަށާއި އެކުއްޖާއާއި މެދު ހަމްދަރުދީވާކަމަށެވެ.

ބިދޭސީއަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ހައްޔަރު ކުރުމުން ރައީސް ނަޝިދު ވަނީ އެކަމަށް ނުރުހުންފާޅުކޮށްފަ އެވެ. އަދި ވިދާޅުވީ، ނާޒިމް ހައްޔަރު ކުރީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ.

ރައީސްގެ ބޮލުގައި އެލޅުއްވި ތުހުމަތު ތަކާއެކު އާއްމު އެތައް ބައެއްގެ ނުރުހުން ނަޝިދަށްވަނީ އަމާޒުވެފައެވެ. އަދި މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުރުމުގެ ޤާބިލުކަން ނަޝީދުގައިގައި ނެތްކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ނަޝީދު މަޤާމުން ދުރުކުރުމުގެ ބާރު ރައީސް ޞާލިހު އަތުގައި އެބަ އޮތްތަ؟

ރައީސް ނަޝީދު ފުރުއްވަމުންގެންދަވާ ރައްޔިތުންގެ މަޖިލިސް ރައީސްކަމުންނާއި އެމްޑީޕީގެ ރައީސްކަމުން ވަކިކުރުމުގެ ބާރު ރައީސް ސޯލިހުގެ އަތުގައި އެބައޮތެވެ. އަދި ރައީސް ނަޝީދު އެމްޑީޕީއިން ވަކިކުރުމުގެ ބާރުވެސް ރައީސް ސޯލިހުއަތުގައި އެބައޮތެވެ.

ސަބަބަކީ ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ އާއި ކޮންގްރެސްގެ އަޤްލަބިއްޔަތު ރައީސް ޞާލިހު އަތުގައި އޮތުމެވެ.

ވަރަށް ގަދަ
59%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 1%ހައިރާންވެއްޖެ 1%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

9 Responses

  1. ތާއިދުު… ރައިސްް ނަޝީދުު އަކީީ ބްލެކްމެއިލް ކުރާަ މޭލްް ޕްރޮސްޓިއުޓުންް ކައިރިއަށްް ވަންނަ ނުބައިި ދަށުު ދަރަޖައިގެެ މީހުންް ޑިފެންޑްް ކުރާަ މީހެއްް… ހުރާ ރެސްޕެކްޓެއްް ގޮއްސި

  2. ހަމަ އެގޮތައް (އެމް އެން ޕީ އާރު ސީ) މައްސަލާގަވެސް ޔާމިން އަށް އެކަނި ހުކުންކުރީ ކޮބާދެންތިބި މީހުން

  3. ނަޝީދު އަކީ ސިޔާސީގޮތުން ކުފޫ ހަމަވާމީހެއް ނޫންކަން މިއަދު ދިވެހިންނަށް އަދި ކިރިޔާ ސާފުވަމުން މިދަނީ!

    1. މިއަދަކު ނޫން. 2008 ގައި ވެސް ތިކަން އޮތީ އަހަރެމެންނަށް ސާފުވެފައި. ތިކަން ސާފުނުވެއޮތީ އަމިއްލަ ލޮލުގެ ބާރާއި ސިކުނޑީގެ ބާރު ދޫކޮށް އަންނި ބުނާހާ އެއްޗަކީ ތެދުކަމަށް ގަބޫލުކުރެވުނު ބަޔަކަށް. އެމީހުންގެ ތެރެއިން ވެސް ގިނަބަޔަކަށް އޭނާގެ އަސްލު ސޫރަ މިހާރު ފެނިއްޖެ. އަދިވެސް ހަސަނާއި އީވާފަދަ ގޮތްނޭނގޭ އެހެން ގުޅުމެއް އޭނާއާ އޮތް ފަރާތްތަކުން ޙަގީގަތް އެނގިތިބެ ބަޔަކަށް އޮޅުވާލުމުގައި ދެމިތިބީ އަމިއްލަ އެދުމެއްގައި.

    2. ނަޝީދު ކުފޫ ހަމަވޭ އިބޫ ވެރިކަމަށް ކުފޫ ހަމަނުވޭ އާޚިރުގާ ކަންނިމެނީ ނަޝީދު ބުނާގޮތައް

  4. ޒިނޭގެ ތުހުމަތު އެޅުވީމާ ލިއާނާ ހަމައަށް މައްސަލަ ގެންދިއުން ކަމާ ބެހޭ މުއައްސަސާ އަށް ލާޒިމްވާނެ

  5. ބަލާއެއްނު އެކަހަލަ ފޮޓޯތަކެއް ލިބުނު ވާހަކަ ބުނުން އެއީ އަދި ކަމަކަށް ތުހުމަތު ކުރުމެއް ނޫން . ޢެކަހަލަ ފޮޓޯތަކެއް ހުރެދާނެކަމައް ޤަބޫލުކުރެވޭ. ޢިބްރާހީމަކީ ވެސް މާ ތާހިރު ކޮއް އުޅޭ ގޮލައެއް ނޫން ވިއްޔާ

  6. ނަޝީދު ކުފޫ ހަމަވޭ އިބޫ ވެރިކަމަށް ކުފޫ ހަމަނުވޭ އާޚިރުގާ ކަންނިމެނީ ނަޝީދު ބުނާގޮތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: