ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިކަން ދެން މި ނިމެނީ: ތާރިގު

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނަށްވެސް ވެރިކަން ހިފަހައްޓާ ދެވޭނީ ވަކި ވަރަކަށް ކަމަށާއި މިކަން ދެން މި ނިމެނީ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ

ތާރިގު އެހެން ވިދާޅުވި އިރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންހެން ކުއްޖަކާއެކު ބަދު އަހްލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯ ހުރިކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތު ތަހުގީގު ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ރައީސް ނަޝީދު ރައީސް ސާލިހަށް ތުހުމަތު  ކުރައްވާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖްގައި ރައީސް ސާލިހު ބަދު އަހުލާގީ އަމަލު ހިންގާ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށާއި އެ ފޮޓޯ ތައް ފުލުހުންނަށް ފޮނުވަންވީތޯ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ.

އެގޮތުން އެ ފޮޓޯތަކުން ފެންނަނީ ރައީސް ސާލިހު އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރުކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ތާރިގު ވިދާޅުވީ މުޅި ދައުލަތް ބަރަހަނާ ވެއްޖެެ ކަމަށާއި މިއީ ފުލުހުންނާއި ސިފައިންވެސް ތެދުވަންވީ ވަގުތު ކަމަށެވެ.

ނަޝިދުގެ ތުހުމަތުތައް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވަނީ ދޮގުކުރައްވައި އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ވިދާޅުވެ ރައީސް ސާލިހު ދިފާއުކުރައްވާފައެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރުކޮށްފައިވާތީ ރައީސް ނަޝީދު ގެންދަވަނީ އެކަމާ ނުރުހުން ފާޅު ކުރައްވަމުންނެވެ. ނާޒިމް ސައްތާރާއި އެކު ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދާއި އިތުރު ބައެއް މީހުން ފުލުހުން ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: