ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލަނީ!

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުން: ފަިއލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މި ހިނގާ އޯގަސްޓު 9 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވަނީ އުމުރާއަށް މީހުން ގެންދިޔުނމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 16 ވާ އަނގާރަ ދުވަހުގެ ނިޔަލަށް އޮންނާނެކަމަށެވެ.

އަދި ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާއި ބޭހޭގޮތުން މި އަހަރު ފެބްރުއަރީ 9 ވީ ބުދަދުވަހު ގެޒެޓް ކޯށްފައިޮވާ ”ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލް” ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ ކުންފުނިތަކަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ޢުމްރާއަށް މީހުންގެންދިޔުމުގެ ހުއްދައަށްއެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: