ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުކޫލުތަކުގައި ކުދިންތަފާތުކުރުން: މި އާދަ ހުއްޓޭނެބާ؟

އިސްކަންދަރު ސުކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސުކޫލުގެ ތަފާތު އެކި އެކި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ އަބަދުވެސް އަހަރެން އެއްމެ ކުރާ ހިތުން ކުރާ އެއް މަސައްކަތެވެ. ސުކޫލުގައި އަބަދުވެސް އެއްމެ ބޭނުންވާ އެއްފުރުޞަތަކީ ޖަލްސާތައް ހުށަހެޅުމުގެ ފުރުޞަތު ލިބިގެން ދިޔުމެވެ.

ނަމަވެސް ސުކޫލުގެ މާހައުލުން އެނގިގެން ދިޔަ އެއް ކަމަކީ އެފަދަ ފުރުޞަތުތަކަށް ބޭނުންވަނީ މީހާގެ ޤާބިލްކަމާއި ހުނަރެއް ނޫންކަމެވެ. ބޭނުންވަނީ ސުކޫލުގެ އިސްމީހެއްގެ، އިސް މަޤާމެއްގައި ހުރި މީހެއްގެ ނުވަތަ ސުކޫލު ޕްރިންސިޕަލްގެ ދަރިއަކަށް ވުން ކަމުގައެވެ.  ނުވަތަ ހަންގަނޑުގެ ކުލަ އަލިވުން ކަމުގައެވެ.

ޤަބޫލުކުރަން ކިތަންމެ އުނދަގޫވިއަސް މިއީ އަދުގެ ހަޤީގަތެވެ. ހިތް ނުރުހުނަސް ކަން ވަމުންދާގޮތަކީ މިއީއެވެ. މިފަދަ އެތައް ތަފާތުކުރުމެއްގެ ސަބަބުން ގެއްލިގެންދަނީ ކުރިއަށްދިޔުމަށް ފޮނި އުއްމީދުތަކެއް ކުރާ އެތައްކުދިންނެއްގެ އުއްމީދެވެ. ފޮރުވިފައިވާ ހުނަރު ހާމަވުމުގެ ބަދަލުގައި އެކުދިންގެ ހުނަރުތަކަށް ފަސް އަޅާ ފޮރުވާލެވެނީއެވެ. އާއެކެވެ. މިއީ ރާއްޖޭގެ ސުކޫލުތަކުގައި ނޫނަސް ހިނގަމުން އަންނަ ކަމެކެވެ. ކުރުގޮތަކަށް ދަންނަވާނަމަ ސުކޫލުތަކުގައި ކުދިން ތަފާތުކުރުމަކީ އަހަރެމެންގެ ތެރޭގައިވާ ޒަމާންވީ ސަޤާފަތެކެވެ.

ކިޔެވުމުގެ މާހައުލުގައި ކޮންމެ ދަރިވަރަކަށްވެސް ހަމަހަމަކަމާއެކު ތައުލީމު އުނގެނުމަކީ ޤާނޫނުން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވީއިރު ވިސްނާލަންޖެހެނީ މި ބުނި ހަމަހަމަކަން އެ ކުދިންނަށް ސުކޫލުތަކުގައި ލިބިގެންދޭތޯއެވެ؟ ސުކޫލު ކުދިންގެ މެދުގައި ތަފާތުކުރުނަތައް ގެންގުޅޭ މިންވަރު ދެނެގަތުމަށް އިރާންގައި ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސުކޫލުގެ މާހައުލުގައި 67 ޕަސެންޓު ކުދިންނަކީ ތަފާތު އެކި އެކި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ކުދިންނެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ކުއްޖާގެ މައިންބަފައިންގެ މަޤާމާއި ކުއްޖާގެ ކިޔެވުމުގެ ފެންވަރާއި އަދި ކުއްޖާގެ ހަމުގެ ކުލައަށް ބަލައި ތަފާތުކުރުންތައް ގެންގުޅޭކަމަށް މި ދިރާސާއިން ދައްކާފައިވެއވެ.

ތަފާތުކުރުންތަކުގެ ސަބަބުން އެކުދިންނަށް އެއްވެސް ނޭދެވޭ އަސަރެއް ކުރާނެތަ؟

ތިމާ ކުރިމަތީ ތިމާ ދައްކޮށްލާ ނުވަތަ ބާކީ ކޮށްލުމުން އެކުރަންޖެހޭ އިހުސާސަކީ ކޮންމެ މީހަކުވެސް ކޮންމެވެސް އިރެއްގައި ދިރިއުޅުމުގައި ތަޖުރިބާކުރާނޭކަމެއްކަން ޔަޤީނެވެ. އެހެންކަމުން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސުކޫލުގެ މާހައުލުގައި ކުދިންގެ މެދުގައި ތަފާތުކުރުމުން އެކުދިންނަށް ނަފްސާނީ ގޮތުން އެތަކެއް އުނގަދޫތަކަކާއި ވޭންތަކެއް ތަހައްމަލު ކުރަންޖެހޭކަމެވެ.

އެގޮތުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ކަންކަން ކުރުމަށް ފަސްޖެހުމާއި، ކުދިންގެ ހުނަރު ތަރައްޤީވުމަށް ހުރަސްއެޅުމާއި ކިޔެވުން މަތިން ފޫހިވުމުގެ އިތުރުން އެކުދިންނަކީ ބޭކާރު ބައެއްގެ ގޮތުގައި ހީވާނެއެވެ. ކިތަންމެ މޮޅު ހުނަރަކާއި ޤާބިލްކަމެއް ލިބިފައިހުއްޓަސް އެ ހުނަރުތަކުގެ ބެނުން ކިޔެވުމުގެ މާހައުލުގައި ކުރުމަށް ފަސްޖެހޭނެއެވެ. ގިނަ ފަހަރު މި ތަފާތުކުރުންތަކުގެ ސަބަބުން އެކުދިން ކިޔެވުންމަތިން ފޫހިކުރުވައެވެ.

ރާއްޖެގެ ސުކޫލުތަކުގައި ތަފާތުކުރުންތައް އޮތީ ކިހާ މިންވަރަކަށްބާ؟

ރާއްޖެގެ ސުކޫލުތަކުގައި ކުދިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ މިންވަރު ދެނެގަތުމަށް މިވަގުތު ސުކޫލުތަކުގައި ތަޢުލީމު ހާސިލްކުރަމުންދާ ދެ ތިން ކުއްޖަކާ ސުވާލުކޮށްލީމެވެ.

ސުވާލު ކުރި އެއްކުއްޖަކު ބުނާ ގޮތުންނަމަ ކިތަންމެ ފަހަރަކު ތިމާ ބޭނުންވެފައިހުންނަ ފުރުޞަތެއް ސުކޫލުގެ މާހައުލުން ނުލިބި އެބަދެއެވެ.

”އަޅުގަނޑު ވަރަށް ބޭނުންވޭ ޕްރައިސްޑޭތައް ހުށަހަޅަން އަރާހިތް، އެކަމަކު ދުވަހަކުވެސް ފުރުޞަތެއް ނުލިބެ. އެއްފަހަރަކު މުދައްރިސެއް ގައިތު ބުނަންވެސް ބުނިން. މިސްއޭ ނެތްހޭ އަޅުގަނޑަށް ހުށަހަޅަން އެރުމުގެ ފުރުޞަތެއް. ބުނީމަ ބުނީ މިހާރު ކުއްޖަކު ނަގާފައޭ ހުރީ. އަޅުގަނޑު ކާކުތޯ ބެލި އިރު އެއީ އަބަދުވެސް ސުކޫލުން ފުރުޞަތު ދޭ ޕްރިންސިޕަލްގެ ދަރިފުޅު” އެކުއްޖާ ކިޔައިދިނެވެ.

ސުވާލު ކުރި އެހެން ކުއްޖަކު ބުނީ ޖަލްސާތަކަށާއި އެހެނިހެން ހަރަކާތްތަކަށް ކުދިން ނެގުމުގައި ހަމުގެ ކުލަ ދޮން ރީތި ކުދިންނަށް ބަލާކަމަށެވެ.

“އަބަދުވެސް ވަރަށް ރީތި، ދޮންކުދިން ސުކޫލުގެ ކަންކަމަށް ނަގާނީ. ހިތައް އަރާ އަޅުގަނޑުވެސް ދޮން ނަމައޭ ” އެކުއްޖާ ކިޔައިދިނެވެ.

މިކަމުގައި ސުކޫލުގައި ކިޔަވައިދެމުންދާ މުދައްރިސެއްގެ ބަހެއް ހޯދައިލެވޭތޯވެސް މަސައްކަތް ކޮށްލީމެވެ.

ސުކޫލުތަކުގައި ކުދިން ތަފާތުކުރާކަމަށް ގަބޫލުކުުރަންތޯއޭބުނެ ސުވާލުކޮށްލުމުން ލިބުނު ޖަވާބަކީ މިއީއެވެ.

”އަސްލު ގަބޫލުކުރަން ކުދިން ތަފާތުކުރާކަން. އެކަމަކު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެހެނަށްވުރެއް މިހާރު އެބައި ކުޑަވެއްޖެ. މިހާރު އަސްލު ކުރިއަށްވުރެއް އެކަމުގައި ހެލުންތެރިކަން އެބަހުރި . އެކަމަކު އެ އާދަ އެއްކޮށް ފިލައިފިއެކެ އަޅުގަނޑު ނުބުނާނަން. އަޅުގަނޑުމެން ކިޔަވަން އުޅުން އިރުވެސް މުދައްރިސުން ކުދިން ވަރަށް ތަފާތުކުރާނެ. ވަރަށް ދެރަވެސްވޭ. އެކަމަކު އެކަމަށް އޭރު އެއްވެސް ހައްލެއްވެސް ނުލިބެ ” އޭނާ ބުންޏެވެ.

އެހެންކަމުން މި ހުރިހާ ވާހަކަތަކަކުން އެނގިގެންދަނީ އަހަރުމެންގެ ތެރޭގައި ކުދިން ތަފާތުކުރުމުގެ ސުންޕާ އާދަ އޮތްކަމެވެ. އެކުދިންނަށް އެ ޝަކުވާތައް ކުރަން ނުކެރި، ފަސްޖެހިފައިވިއަސް އެކަމުގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރާކަމެވެ.

ތަފާތުކުރުންތަކަށް ހުއްޓުމެއް ގެނެވިދާނެތަ؟

އެއްމެން އެކައްޗެއް ކިޔައި މިކަމުގެ ސަބަބުން ކުދިންނަށް ކުރާނެ ނޭދެވޭ އަސަރުތައް ވިސްނިގެން އެކަމަށް މުޖުތަމައު އިހުނަށްވުރެއް ހޭލުންތެރިވެގެން، މިކަމަށް ހައްލެއް ގެންނަން މަސައްކަތް ކޮށްފިނަމަ މި ކަމަކީ އަހަރުމެންގެ  ތެރެއިން ނައްތާލެވޭނެ ކަމެއްކަން ޔަގީނެވެ. އެހެންކަމުން ކޮންމެ ކުއްޖަކީވެސް ފުރުޞަތު ލިބޭ، ކޮންމެ ކުއްޖަކީވެސް މުހިއްމު ކުއްޖެއްކަން އެކުދިންނަށް އިހުސާސްކޮށްދޭންވީއެވެ.ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރަކާއި ޤާބިލުކަން ލިބިގެންވާ ކުދިންކަން މުދައްތިސުންނާއި ސުކޫލުތަކުގެ އިސްވެރިންވެސް ދަންނަންވިއެވެ. ހަންގަނޑު ކަޅުވީމާ ޖަލްސާތައް ހުށަހަޅަން ނާރުވާނޭ ހީވާ ހީވުން ބަދަލުކޮށްދޭންވީއެވެ. ޕްރިންސިޕަލްގެ ދަރިއަކަށް ނުވީތީ މުބާރާތަކުން އެއްވަނަ ނުލިބޭނޭ ހީވެފައި އޮތް ހީވުން ބަދަލުކުރަންވީއެވެ. ކޮންމެ ކުއްޖަކީވެސް ސުކޫލުގެ މާހައުލުގައި ހަމަހަމަ ހައްޤުތަކެއް ލިބިގެންވާ ކުދިންތަކެއްކަން ސާބިތުކޮށްދޭންވީއެވެ. އޭރުން މި ބޯދާ ޡަޤާފަތް އަހަރުމެންގެ ތެރެއިން ނެތިގެން ދާނެކަން ޔަޤީނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މާލޭގެ އެންމެބޮޑު އެއްސުކޫލުގައި ކިޔަވައިދެމުންދާތާ މިއީ 22 ވަނައަހަރު އަހަންނަކީވެސް ވަރަށްގިނަ މުނާސަބަތުތަކަށް ދަރިވަރުން ތައްޔާރުކޮއްދޭ މުދައްރިސެއް
    ދުވަހަކުވެސްތިފަދަ ގޮތަކަށް ކަމެއް ކުރާކަން އުޅޭ ސުކޫލަކުން ފާހަގައެއް ނުކުރެވޭ ބަލަނީ އަބަދުވެސް އެކަމަކަށް އެންމެ އެކަށޭނެ ކެރޭ ދަރިވަރެއް ނެގުމަށް ޕުރިންސިޕަލެއް ހަސަނެއް ހުސޭނެއްގެ ދަރިއަކަށް ނުބަލަން އަބަދުވެސް ތަފާތުކުދިންގެ ހުނަރު ދެއްކޭތޯ ބަލަނީ މި ލިޔުމަކީ ތާކުންތާކުޖެހޭ ދިރާސާއެއްނޫން

  2. ތީ ވަރަށް ޜަނގަޅު ވާހަކައެއް ބައެއް ސްކޫލު ތަކުގަ ޖެހި ޖެހިގެން 3 ފަހަރުވެސް އެއްކުއްޖަކު ޕްރައިޒް ޑޭ ހުށައަޅާފަ އެބަހުރި ހާްއްސަކޮށް މާލޭގެ މަޝްހޫރު
    ސްކޫލުތަކުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: