ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނީބަހުގެ ޚިދުމަތް ފެށުމަށް ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިނީބަހުގެ ޚިދުމަތް ފެއްޓުމަށްޓަކާ ބަސްދުއްވާ މަގުތަކުގެ ޕާކިން ޒޯން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނެގައި ވަނީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްޓަކައި ބަސްދުއްވާ މަގުތަކުގެ ޕާކިން ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިންގް ޒޯން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކުންފުނި އެމްޓީސީސީއިން އެދުނީ، ބަހުގެ ހިދުމަތް ފެށުމަށް މާލޭ ބޮޑު ހަތަރު މަގެއްގެ ޕާކިން ޒޯންތައް ނަގައި އެ މަގުތަކުގެ ދެ ފަރާތުގައި ޕާކް ނުކުރެވޭ ގޮތަށް ހަދައި ދިނުމަށެވެ.

އެއީ މަޖީދީ މަގާއި، އަމީނީ މަގާއި ފަރީދީ މަގުގެ އިތުރުން އޯކިޑްމަގެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަަތަމަ 100 ދުވަހުގެ ވައުދެކެވެ. އެ ހިދުމަތް މި އަހަރު ފެށުމަށް ދައުލަތުގެ ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޮޑުތަކުރުފާނުމަގުގެ ބަސްދުއްވާ ސަރަހައްދުގަވެސް ޕާކުކޮއްފަ މިހުއްނަނީ. ވަރައް އުދަގޫވޭ. ފުލުހުންވެސް ތިބެނީ ނަމަކައް ގަރާޖުސިޓީ އޮއްނަ ވެހިކަލްވެސް މި އޮއްނަނީ މަގުމަތީގަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: