ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ނާޒިމް ސައްތާރު ހައްޔަރު ކުރީ ވީއައިޕީކޮށް”

ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ހިންގި އޮޕަރޭޝަނާއި، ޝައިހު ނިޝާން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުން، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހާލަތު ހާމަވެގެންދާކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރެވިފައިވާ ޝައިހު ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރު ސައްހަ ކަމަށް ހައި ކޯޓުން ނިންމި ނިންމުމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ޝުޖާއު ވިދާޅުވީ، ރައީސް ނަަޝީދުގެ ކޮއްކޮ އަދި މަޝްހޫރު ލޯޔަރު ނާޒިމް ސައްތާރު ހައްޔަރު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ހިންގީ ވީއައިޕީ ސްޓޭންޑަރޑުގެ އޮޕަރޭޝަނެއްކަމަށެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމު ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރިއިރު، ފިލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ބިޑި އެޅުވިފައިނުވާކަމަށް އިޝާރާތްކުރައްވާ ޝުޖާއު ވިދާޅުވީ، ނާޒިމް ހައްޔަރު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ހިންގި ވީއައިޕީ ސްޓޭންޑަރޑުގެ އޮޕަރޭޝަނުން، ދައުލަތުގެ ހާލަތު ހުރި ހިސާބު ސާފުވެގެންދާކަމަށެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުގައާއި، ޝައިހު ނިޝާން ހައްޔަރު ކުރުމުގައި ފުލުހުންގެ މުއައްސަސާއިން ތަފާތު ކުރުންތަކެއް ގެންގުޅެފައިވާކަމަށް އިޝާރާތްކުރައްވާ، ޝުޖާއު ވިދާޅުވީ، ޝައިހު ނިޝާން ހައްޔަރު ކުރެވުނީ، އެނާގެ ދަރިފުޅާއެކު، މިސްކިތުން ފައިބައިގެން ދިޔަ ވަގުތުގައިކަމަށެވެ. އަދި އެކަމުން އެނާގެ ދަރިފުޅަށް ލިބިދާނެ ނަފްސާނީ ގެއްލުންތަކަކަށް ފުލުހުންގެ މުއައްސަސާއިން ބަލާފައިނުވާކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝައިހު ނީޝާން ހައްޔަރު ކުރެވުނީ، ދަރިފުޅާއެކު މިސްކިތުން ފައިބައިގެން ދިޔަވަގުތުގައިކަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ޝައިހު ނިޝާން ހައްޔަރު ކުރުމަށް ފުލުހުންގެ މުއައްސަސާއިން ހިންގާފައިވާ އޮޕަރޭޝަނަކީ ޕްރޮފެޝަނަލް ގޮތަކަށް ކުރެވިފައިވާ މަސައްކަތެއް ނޫންކަމަށެވެ. އަދި އެ އޮޕަރޭޝަން ހިންގާފައިވަނީ ލަދުވެތި ގޮތަކަށް ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: