ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލު ހަގީގީ ހައުސިން ޕްރޮޖެކްޓްތައް ވުޖޫދު ކުރީ އެމްޑީޕީގެ ސަރުކާރުން: ސައީދު

ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަގީގީ ހައުންސިން ޕްރޮޖެކްޓްތަކަކީ އެމްޑީޕީ ސަރުކާރުން ވުޖޫދުކުރުވި ޕްރޮޖެކްޓްތަކެއްކަމަށް ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯ އިން އިމާރާތް ކުރި ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކުރުމަށް ސްޓެލްކޯގެ ޓަވަރުތައް ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، މިއަދުގެ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މައިގަނޑު އެއް އަސާސްއަކީ އަދި ވައުދަކީވެސް ގެދޮރުވެރިކަމާއި ބޯލިޔާވަހިކަންކަމަށެވެ. އަދި އެއީ 2004 ވަނަ އަހަރުން ފަށައިގެންވެސް އެ ޕާޓީން ވަކާލާތު ކުރަމުން އަންނަކަންތައްތަކެއްކަމަށް ސައީދު ވިދާޅުވެ ސައީދު ފާހަގަކުރެއްވީ ސަރުކާރާއި ރައީސުލްޖުމްހުރިއްޔާގެވެސް ސިޔާސަތަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އޯގާތެރިކަމާއި ހިތްހަމަޖެހުމާއި އުފާވެރިކަން މަތީގައި ދިރިއުޅެވޭނެ ވަސީލ؛ަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޯށްދިނުންކަމަށެވެ.

އެގޮތުން ސްޓެލްކޯގެ ހައުންސިން ފްލެޓްތަކަކީވެސް އެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދިޔަ މަޗްރޫއެއްކަމަށް ދޭހަވާފަދަ މޭރުމަކުން ސައީދު ވާހަކަދެއްކެވިއެވެ.

ދިވެހި ރާއްޖެއަށާއި މުޅި ދުނިޔެއަށްވެސް އާލަމީ ބޮޑު ވަބާއެއްގެ ގޮތުގައި ކުރިމަތިވި ކޮވިޑް 19 އަށް އިޝާރާތް ކުރައްވާ، އެއާއިއެކުވެސް ހުއްޓުމެއްނެތި ސްޓެލްކޯގެ ހައުންސިން ޕްރޮޖެކްޓް ކުރިއަށް ގެންދެވީތީ ކުންފުނީގެ ހައުސިން ފްލެޓް ކޮމިޓީ އާއި އަދި އެހެނިހެން ފަރާތްތަކުން ކުރެއްވި މިންނެތް މަސައްކަތް ސައީދު ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށްޓަކައި އެއްބާރުލުން ދެއްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްވި އިރުޝާދާއި ލަފާ ވަރަށް ކައިރިން ފެނުނުކަމަށް ފާހަގަކުރައްވާ ސައީދު ވަނީ އެކަމަށްޓަކައި ރައީސް ސާލިހަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ސައިދު ވިދާޅުވީ މުވައްޒަފުންނަށް އެންމެ ފަސޭހަ ވާނޭ ފަދައިން ފްލެޓްތަކުގެ އަގު ކަނޑައެޅުމުމަށްޓަކައިވެސް، ސްޓެލްކޯގެ ބޯޑާއި އަދި ކުންފުނީގެ މެނޭޖްމެންޓްގެ އިތުރުން ސަރުކާރުންވެސް ވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ.

“ އެހެންވީމަ އަޅުގަނޑުމެން ހެޔޮ ހިތުން ގަބޫލުކޮށް ކޮންމެ ފްލެޓަކީވެސް ބޭނުންވެގެން ހޯދާ ފްލެޓެއްގެ ގޮތުގައި ބަލައިގަނެ، އެ ފްލެޓް ތެރޭގައި ހިތްހަމަ ޖެހުމާއި އުފަލާއިއެކޮށް އުޅެ، އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭ ހިދުމަތް އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ކުރުމުގައި ދެމިތިބުމަށް އަޅުގަނޑު އިލްތިމާޒްކުރަން“

ސްޓެލްކޯގެ ހައުސިން ފްލެޓްތައް ލިބުނު ކުންފުނީގެ މުވައްޒަފުންނަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އެޅި ދެ ޓަވަރަށް ޖުލްލަ 692 މިލިއަން ރުފިޔާ ހަރަދުވެފައިވީ ނަމަވެސް މުވައްޒަފުންނަށް މާލީ ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން މުވައްޒަފުންގެ އަތުން ނަގަން ނިންމާފައި ވަނީ 623 މިލިއަން ރުފިޔާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބާކީ ފައިސާގެ ކަންކަން ހަމަޖައްސާނީ ސްޓެލްކޯއިން ކަމަށް ޝަރީފް ވަނީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ހަގީގީ ހައުންސިން ޕްރޮޖެކްޓްތައް ފެންނަން އެހުރީ ނޫންތޯ. ދޮގު ނުހައްދަވާ. ހިޔާ މަޝްރޫއު އަކީ ޔާމީން ސަރުކާރުގައި ފެއްޓެވި މަޝްރޫއު ތަކެއްކަން ހަމަހޭހުރި ކޮންމެ މީހަކަށްވެސް އެނގޭނެ. ތިޔަހެން ދޮގުހެއްދެވީމާ ވެއްޓޭނީ ތިމާގެ އަގު. ދޮގުވެރިއެއްގެ ލޭބަލް ކުރެވޭނީ އަދި އިތުބާރު ގެއްލޭނީ.
    ބަޔަކަށް ސަނާކިޔަންވެސް ”ދޮގު ނުހެއްދެވުން“ އެދެން.
    ޝުކުރިއްޔާ.
    ތިޔަބޭފުޅާއަށް ހެޔޮއެދޭފަރާތެއް.

  2. އަނގަ ފުޅާނުކޮށް ރަށްރަށުގަ މަސައްކަތް ކުރުވާފަ އެތައް މަހެއް ވަންދެން މުސާރަނުދީ ތިބި ނިކަމެތި ރައްޔިތުންނަށް މުސާރަ ދީބަލަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: