ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާޑޭ ހަމަނުޖެހުން: ޝަރުތުތަކަކާއެކު ޝެއިޚް ނިޝާން ބަންދުން ދޫކޮށްލައިފި

ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤުވާމީ ޔޯގާ ދުވަހުގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއެޅި މައްސަލާގައި ހައްޔަރުކޮށްފައިހުރި ޝައިޚް އާދަމް ނިޝާން މުޙައްމަދު ބަންދުން ދޫކޮށްލައިފިއެވެ.

ގަލޮޅު ދަނޑުގައި ބައިނަލް އަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތައް ހުރަސްއެޅި ކަމުގެ މައްސަލާގައި ހައްޔަރުކުރެވުނު ޝެއިޚް އާދަމް ނިޝާން ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު ޝެއިޚް ނިޝާން ވަނީ މިނިވަން ކުރެވިފައެވެ.

ނަމަވެސް، ޝެއިޚް ނިޝާން ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެގޮތުން:

1: މާލެއިން ބޭރަށް ވަޑައިނުގަތުން

2: ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެން

3: ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވެވަޑައިގަތުން

ޝައިޚް ނިޝާނާއި ޝައިޚް ފަޟްލޫން ހައްޔަރުކުރީ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތާ ދެކޮޅަށް އިހުތިޖާޖުކުރަން ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ހަރަކާތުގައި ބައިވެރިވެ، ހަމަނުޖެހުން އުފެއްދިކަމުގެ ތުހުމަތުގައެވެ.

ނިޝާން ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅާއެކު މިސްކިތަށް ނަމާދަށް ވަޑައިގެންނެވި މަގުމަތީގައި މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ބަޔަކު އައިސް ހުއްޓުވުމަށްފަހުއެވެ. ޝައިޚް ނިޝާން ހައްޔަރުކުރި ގޮތާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: