ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާގެ މަރު: ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަންހެން މީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހަޒްމަޓް ސޫޓެއްގައި ފުލުހުންގެ ކާރަށް އަރުވަނީ./ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ދަންވަރު ހ.ޝީރީންވިލާގައި އަނިޔާވެރިކަމާއެކު މަރާލެވުނު އުމުރުން 22 އަހަރުގެ ޝިއާއު މުޙައްމަދު ސައީދު( ޝީއާ) ގެ މަރުގެ މައްސަލާގައި ހައްޔަރުކުރެވުނު އަލީ ޝާހިލް ، ޝަރީޢަތް ނިމެންދެއް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: