ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނު ހިނގަންވާނީ އެއްހަމައަކުން، ރުޅި އަންނަ މީހާއާއި ދެކޮޅަކަށް ނޫން: ޑރ ޝަހީމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިުރާއްޖޭގައި ހެދިފައިވާ ޤާނޫނުތައް ހިނގަންވާނީ ރާއްޖޭގެ އެއްމެންނާމެދުވެސް އެއް ހަމައަކުން ކަމަށާއި ރުޅި އަންނަ މީހާއާ ދެކޮޅަށް އެކަނި ނޫންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށް ވާ އަލަމްގިރިއާއެކު ޖުމްލަ 250 ދިވެހިން އެއްޖިންސުން ގުޅުން ހިންގާފައިވާކަމުގެ ތުހުމަތު ކުރެވޭއިރު އޭގެ ތެރެއިން ވަކި ބަޔަކު ހގައްޔަރުކުރުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ ޝަހީމް ކުރެއްވި ޓުވީޓުގައިވަނީ އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ވަކި ފަރާތްތަކެއް ހައްޔަރުގައި ތިބި އިރު ދެން ތިބި ބަޔަކު މުޖުތަމައުއަށް ދޫވެފައި ނުވަތަ މަޤާމުތަކުގައި ތިބިކަމަށްބުނެ ޝަހީމް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ޤާނޫނު ހިނގަންޖެހޭނީ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށްވީމާ ތަފާތުކޮށް ނޫން ކަމަށާއި އެއްމެންނަށް ހަމަހަމަ ކަމާއެކު ކަމަށެވެ.

އަލަމްގިރިއާއެކު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) ކަމަށް ބެލެވޭ މީހަކު ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ރާފިއުގެ ވީޑިއޯއާ ގުޅިގެން ރައީސް އޮހީހުގެ އޮފިޝަލަކު  ވަނީ އެ ވީޑިއޯ އާންމުވުމުގެ ކުރީން އެނާ މަގާމުން ވަކިކޮށްފައިވާ ކަމަށާއި އަދި އޭނާގެ މައްސަލަ ފާހަގަ ކުރެވުނު ހިސާބުން ފިޔަވަޅު އަޅާފައިވާ ކަމަށް މީޑިއާއަކަށް މައުލޫމާތު ދެއްވާފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގައި އެއްމެ އިސްކޮށް އުޅޭ އަލަމްގިރި މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: