ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން އެމްއޭސީއެލް އަދި ސްޓެލްކޯގެ އެޕާޓްމަންޓްތަކަށް އެފްޓީޓީއެޗް ކަނެކްޝަން ދީފި

އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަން ދިނުމުގެ މަސައްކަތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލް އަދި ސްޓެލްކޯއިން ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަންތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ފޯރުކޮށްދީފިއެވެ.

ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުން މިހާރު ވަނީ މި ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ހޯދަން ފަށާފައެވެ.

އެޗްޑީސީން ބުނީ މި ނެޓްވޯކް އިން އާންމުންނަށާއި އަދި މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ގިނަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރުމަށް މާގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދިނުމާއި އަދި އެފްޓީޓީއެޗް އާއެކު ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ހިދުމަތް ދިނުމަށް ކުރާ ވަގުތާއި ހަރަދު ވަރަށް ކުޑަވުމުގެ އިތުރުން އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި މިކްސްޑް-ރެޒިޑެންޝަލް އެޕާޓްމަންޓްތަކުގައި ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީ އަކީ ރައްޔިތުން ދިރިއުޅެންފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ހިދުމަތްތައް އަވަހަށް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: