ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުލައި މަހުގެ ނިޔަލަށް 361 މައްސަލަ ވަނީ ބަލައި ނިމިފައި: އެޗްއާރުސީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ހުސްވި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 361 މައްސަލަ ބަލައި ނިމިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމްއިން އާންމުކުރި ރިޕޯޓްގައިވާ ގޮތުން މިހާތަނަށް 391 މައްސަލަ އެއް ވަނީ އެކޮމިޝަނަށް ހުށައަޅާފައެވެ. ކުރިން ހުރި މައްސަލަތަކާއި އެކު ޖުމްލަ 577 މައްސަލައެއް މިހާރުވެސް ބަލަމުންދާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މީގެތެރެއިން 35 މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި އޮތް އިރު ކޯޓް މަރުހަލާގައި އޮތީ 2 މައްސަލައެވެ.

ވަކި ގާނޫނުތަކުގެ މައްސަލަތަކަށް ބަލާއިރު އެންޓި ޓޯޗާ ގާނޫނު 2013ގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 51 މައްސަލަ ވަނީ ހުށައަޅާފައެވެ.

ކުރިން ހުށައަޅާފައިވަާ މައްސަލަތަކާއެކު ޖުމްލަ 52 މައްސަލަ އެއް ބަލަމުން ދާ ކަމަށާއި ޑިއުޓީ ޕްރޮސެކިއުޝަން މައްސަލައެއް ހިމެނޭއިރު ކޯޓް މަރުހަލާގައި ވަނީ 2 މައްސަލައެވެ. ނަމަވެސް މައްސަލަތަކުގެ އިތުރު ތަފްސީލު އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމިޝަންގެ ގާނޫނުގެ ދަށުން މިއަހަރުގެ މިހާތަނަށް  ޖުމްލަ 340 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އަދި ކުރިން ހުށައަޅާފައިހުރި މައްސަލަތަކާއެކު 525 މައްސަލަ ބަލަމުންދާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ޖުމްލަ 314 މައްސަލައެއް ނިންމާފައިވާ ކަމަށްވެސް ކޮމިޝަނުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: