ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ވާހަކަތައް ތަކުރާރުކުރައްވާ، އްޖިންސުން ގުޅުން ހިންގި މީހުން ދޫކުރަން ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި!

ހިއުމަން ރައިޓްސް ވޮޗް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެއްޖިިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ މައްސަލަ ބެލުން ހުއްޓާލައި، އެ ފަރާތްތައް ދޫކޮށްލުމަށް، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ، ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނާޒިމް ސައްތާރު ހައްޔަރު ކުރެވުމާއި އެކު، އިންގިރޭސިން ޓްވީޓެއް ކުރައްވާ، ރައީސް ސާލިހާ ސަރުކާރުން އުޅުއްވަނީ، ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވުމުން، އެ މަނިކުފާނު އިންގިރޭސިން ޓްވީޓް ކުރެއްވީ، ނާޒިމްގެ މައްސަލައިގައި، ބައިނަލް އަގުވާމީ ޖަމިއްޔާތަކުގެ ޕްރެޝަރު ސަރުކާރަށް ފޯރުވުމަށް ކަމަށް އާންމުންގެ ތެރޭގައި އަޑު ފެތުރިފައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގި ފަރާތްތަކުގެ މައްޗަށް ހިންގަމުންދާ ތަހުގީގުތައް ހުއްޓާލުމާށް ގޮވާލައި، ހިއުމަން ރައިޓްސް ވޮޗް އިން ނެރިފައިވާ ބަޔާނުގައިވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ތަކުރާރު ކޮށްފައެވެ. އެގޮތުން އެ ބަޔާނުގައި ބުނެފައިވާގޮތުން، ރައީސް ސާލިހުގެ ސަރުކާރުން އެއްޖިންސުން ގުޅުން ހިންގި ފަރާތްތައް ހައްޔަރު ކުރީ، ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށް ބެލިވިގެންދާކަމަށެވެ. އަދި ރާއްޖޭގައި އެފަދަ އަމަލުތައް ހިންގުން މަނާ ކުރުމަށް ހަދާފައިވާ ގާނޫނުތައް އިސްލާހުކުރުމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލާފައިވެއެވެ.

ދިވެހިރާއްްޖޭގެ ގާނުނުގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް މަނާ ކޮށްފައިވުން، ބައިނަލްއަގުވާމީ، އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި، މިންގަނޑުތަކާއި ހިލާފުވާކަމަށް ފާހަގަކޮށް، ހިއުމަން ރައިޓްސް ވޮޗްގެ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޕްރޮގްރާމްގެ ޑިރެކްޓަރު ގެރެއެމް ރީޑް ބުނެފައިވާގޮތުން ދިވެހި ސަރުކާރުން އެއްޖިންސުން ގުޅުން ހިންގި ފަރާތްތައް ހައްޔަރު ކޮށްފައިވަނީ، ނުހައްގުންކަމަށެވެ. އަދި އެކަމަކީ، ސިޔާސީ މަގުސަދެއްގެ ދަށުން ކުރެވިފައިވާ ކަމެއް ކަމަށްވެސް އެނާ ބުނެފައިވެއެވެ.

އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރުމަށް ދިވެހިރާއްޖޭގައި ވުޖޫދު ކުރެވިފައިވާ ގާނޫނުތައް އިސްލާހު ކުރުމަށް ގޮވާލައި، ހިއުމަން ރައިޓްސް ވޮޗް އިންވަނީ އަލަމްގިރިއަށް ސަރުކާރުން ވަކީލެއް ހަމަޖައްސައިދިނުމަށްވެސް ގޮވާލާކަމަށް ބުނެފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކު މައްޗަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުންދިއުމާއި ގުޅިގެން، ހިއުމަން ރައިޓްސް ވޮޗްއިންވަނީ ރައީސް ސާލިހަށްވެސް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މިނިވަންކަމާއި އެކު ހިޔާލު ފާޅު ކުރުމުގެ ހައްގަށް “އިސްލާމީ ގުރޫޕުތަކުން” އަޅަމުންދާ ހުރަސްތައް ނަތާލުމަށް ރައީސް ސާލިހުގެ ސަރުކާރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، އެއްޖިންސުން ގުޅުން ހިންގުން މަނާ ކުރެވިފައިވުމަކީ، އދއިން ބަލަހައްޓަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއި ހިލާފުވާކަމެއް ކަމަށެވެ. އަދި އދ އިން ބަލައިގަންނަ ބައެއް އެއްބަސްވުންތަކާއި ހިލާފުވާކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވެއެވެ.”

ވަރަށް ގަދަ
4%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 4%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: