ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާގައި ދިވެހި ލައިސެންސު ބޭނުން ކުރެވޭނެ ގޮތަށް އެއްބަސްވުމެއް ހަދައިފި

ދެ ގައުމުގެ ލައިސެންސު އަނެއް ގައުމުން ބަލައިގަތުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޑްރައިވިންގް ލައިސެންސު މެލޭޝީއާގައި ބޭނުން ކުރެވޭނެ ގޮތަށް ދެގައުމުގެ ދެމެދު އެއްބަސްވުމެއް ގާއިމު ކުރެވިއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި، މެލޭޝިޔާގެ ޓްރާންސްޕޯޓު މިނިސްޓްރީ ދެމެދު ގާއިމު ކުރެވުނު އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ، މިނިސްޓަރު އައިޝަތު ނަހުލާ އަދި މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ވީ ސިއޮންގްއެވެ.

އެއް ގައުމުގެ ޑްރައިވިން ލައިސެންސު އަނެއް ގައުމުގައި ބޭނުން ކުރެވޭނެ ގޮތަށް ގާއިމު ކުރެވިފައިވާ މި އެއްވަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންޖީނުލީ އުޅަނޑުތައް ދުއްވުމުގެ ލައިސެންސު ބޭނުންކޮށްގެން، މެލޭޝިއާގެ މަގުތަކުގައި ހުރަހެއް ނެތި ދުއްވޭނެއެވެ. އަދި މެލޭޝިއާގެ ލައިސެންސެއް އޮތް ފަރާތެއް ނަމަ، ދިވެހިރާއްޖޭގައިވެސް ދުއްވޭނެއެވެ.

މެލޭޝިއާ ލައިސެންސު ދިވެހިރާއްޖޭގައި އަދި ދިވެހި ލައިސެންސު މެލޭޝިއާގައި ބަލައިގަތުމަށް ގާއިމު ކުރެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، މެލޭޝިއާގައި ދިރިއުޅެމުންދާ ދިވެހިންނަށް ދަތުރު ފަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި ދިވެހިރާއްޖޭގައި ދިރިއުޅޭ މެލޭޝިއާގެ ރައްޔިތުންނަށްވެސް އެއާއި އެއްފަދަ ލުއިތަކެއް ލިބިގެންދާނެކަމަށްވެސް މިނިސްޓަރު ނަހުލާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން، ދެގައުމުގެ ދެމެދުގައި އޮންނަ ގާތް އަދި ވަރުގަދަ ގުޅުން ދައްކުވައިދޭކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: