ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ ނަތީޖާ އެބަފެނޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ދާއިރާ ތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި އޭގެ ނަތީޖާ ފެންނަމުންދާ ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލްގައި ގާއިމްކުރި ހުނަރާއި އީޖާދުގެ މަރުކަޒު “ފަންނުވެރި” އިފްތިތާހުކޮށްދެއްވައި ނައިބު ރައީސް ވިދާޅުވީ އެއްވެސް ކުއްޖަކު ބަކީ ނުކުރުމުގެ ސިޔާސަތަކީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައެވެ.

ދަރިވަރުންނަށް ފަންނާއި ހުނަރު ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމް ކުރުމާ ހަމައިން ނިންމާ ނުލާ މީހުން ބިނާކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާ ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ތަރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭން ފެށިފައިވާ ކަން ފާހަގަކޮށް އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީން ދިނުމަށް ގާއިމްކުރާ ހަބް ސްކޫލްތަކުގެ ތެރެއިން އިމާދުއްދީން ސްކޫލްގައި ގާއިމްކުރެވުނު ހުނަރާއި އީޖާދުގެ މަރުކަޒު “ފަންނުވެރި” އަކީ ދިވެހިރާއްޖޭގެ ތައުލީމްގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލްކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުނަނަށް މައިގަނޑު ހަތަތު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާއިރު، އޭގެ ތެރޭގައި ކެއްކުމާއި ބިއުޓީ ތަރަޕީގެ ހުނަރުތަކާއި ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފަންނުވެރިން ދަސްވެނިވާ ދަރިވަރުންނަކީ ދިވެހިރާއްޖޭޣެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓް ސަނަދާއެކު ދަސްވެނިވާ ދަރިވަރުންނަށް ވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: