ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ފައްޔާޒަށް ފޮނުވި ’ސޮރީ މެސެޖު‘: ”ފައްޔާޒާއި ދެކޮޅުވުން އެއީ ހެދުނު ގޯހެއް، އެކަން ކުރުވީ އަނދުން ހުސެއިން“!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ މަސައްކަތްތަކާއި، ސަރުކާރުގެ ކަންކަމުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ދެކޮޅުވުން އެއީ ހެދުނު ގޯހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފައްޔާޒާއި ދެކޮޅަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ކުއްލިގޮތަކަށް މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ފޮނުއްވި އިރު އަންނަ ހަފްތާގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް ނަޝީދުގެ ފަރާތުން މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައި ވެއެވެ. އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމާއި ބެހޭ ބަހުސް އާއި، ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް އެއް ބުރުން ގައުމުގެ ރައީސްކަން ކުރެވޭ އުސޫލެއް އެކުލަވާލުމަށް 30 އިންސައްތައިން މަތިން ވޯޓު ހޯދައިގެން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތުގެ މަޝްވަރާ ހިމެނެ އެވެ. މިއިން އެއްވެސް ހުށަހެޅުމަކަށް އެމްޑީޕީގެ އެތެރެއިން މާބޮޑު ތާއީދެއް ނެތެވެ.

ރައީސް ނަޝީދު ފޮނުވި މެސެޖުގައި ވިދާޅުވީ، ބޭނުންވަނީ ފައްޔާޒާއި އެކު މަސައްކަތް ކުރުމަަށް ކަމަށެވެ. ފައްޔާޒަށް ފާޑު ކިޔައި ދެކޮޅުވެރިވެވުނީ ވަކި މީހެއްގެ އަވައިގައި ޖެހިގެން ކުރެވުނު ކަމެއްކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވީ އެކަމަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރައީސް ނަޝީދު ލައްވާ ކުރުވި ކަމެއް ކަމަށެވެ.

ރައީސް ނަޝީދު މީގެ ކުރިން ފާޅުކަން ބޮޑު ގޮތެއްގައި ފައްޔާޒަށް ފާޑުވިދާޅުވި އެވެ. އެގޮތުން ޕާޓީ ތެރޭގައި ބްރޯ ހެދިގެން ނޫޅުމަށް ގޮވާލުމާއި، ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭނެ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވުން ހިމެނެ އެވެ. އަދި ފައްޔާޒަކީ އެމްޑީޕީ ހަލާލުކޮށްލައި، ޕާޓީ ހިސޯރު ކުރުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށް ވެސް ވިދާޅުވި އެވެ. ތުހުމަތުތަކަށް ރައްދުދެއްވައި ފައްޔާޒް ވިދާޅުވެފައިވަނީ ތުހުމަތެއް ކުރެވޭނަމަ އެކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމުގައެވެ. ފައްޔާޒްގެ މައްޗަށް އެމްޑީޕީގެ ބައެއް މެމްބަރުން ރިޝްވަތުގެ ތުހުމަތުތައް ކުރެވޭއިރު އެ ތުހުމަތުތައް ވެސް ފައްޔާޒް ވަނީ ދޮގު ކުރައްވާފައެވެ.

އެހެން ކަމުން ފައްޔާޒް އާ އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު ނިންމާފައި އެމްޑީޕީގެ ކޮންގްރެސްގައި އެމަނިކުފާނު ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދުގެ އިސްލާހަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި އެ ބަދަލާއެކު ގާނޫނު އަސާސީ އަށް ގެނައުމަށް އެމަނިކުފާނަށް ފެނިލައްވާ ބައެއް އިސްލާހުތަކެވެ.

ރައީސް ނަޝީދު ފައްޔާޒް އާއި އެކުގައި ހުންނެވި ކަމަށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕް ތެރޭގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ. އޭނާގެ ކަންބޮޑުވުމަކަށް ވީ އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ކޮންގްރެސްގައި އިސްކޮށް އުޅުއްވުމެވެ. އަނދުން ހުސައިން ވިދާޅުވެފައިވާ ގޮތުގައި ކޮންގްރެސްގެ ކަންކަމުގައި އިސްކޮށް، ކޮންގްރެސްއަށް ހުށަހެޅޭ އެންމެ ހައްސާސް ކަމެއް ހަވާލުވެ އެކަމުގައި ކެމްޕޭން މެނޭޖަރަކަށް ހުރުމަކީ ހުތުރު ކަމެއް ކަމަށާއި އެކަމުގެ ސަބަބަުން މަސްލަހަތު ގެއްލި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު ނުވަތަ ހުށަހެޅުމަށް ވެސް ބައެއްގެ ނުރުހުން ވެސް އަދި ބަޔަކަށް އެކަން އޮޅެން ވެސް މަގު ފަހިވެދާނެ ކަމެއް ކަމުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އަނދުން ހުސައިންގެ އެ ހުށައެޅުމާއި ދެކޮޅަށް ގައުމީ މަޖިލީހުގެ ގިނަމެމްބަރުން ވިދާޅުވެފައި ވަނީ އެމްޑީޕީ ކޮންގްރެސްގައި އިބްރޭ އިސްކޮށް އުޅުމަކީ މައްސަލައެއް ނޫން ކަމުގައެވެ. އަދި ބަރުލަމާނީ ނިޒާމްގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި އިބްރޭ މަސައްކަތް ކުރުމަށް ކޮންގްރެސް ނިންމައިފިނަމަ އެކަން އެގޮތަށް ކުރަންޖެހޭ ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

ވަރަށް ގަދަ
37%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 27%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 4%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: