ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ ޝަރަފުވެރިކޮށްދިނުމަށް ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިޞަލް ނަސީމް ކުޅުދުއްފުށީ ސިޓީއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށިސިޓީގެ އިތުރުން ހދ.ނޮޅިވަރަމްފަރަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި އެއްމެ ފުރަތަމަ އެ މަނިކުފާނު ވަޑައިގަންނަވާނީ ކުޅުދުއްފުށީ ސިޓީއަށް ކަމަށާއި ޒުވާނުންގެ ޚާއްސަ ޖަލްސާ އެމަނިކުފާނު ޝަރަފްކޮށްދިނުމުގެ އިތުރުން ޒުވާޏުންގެ ދިުވަހާއި ގުޅިގެން ބާއްވާ ހާއްސަ މައުރަޒު ހުޅުވާދެއްވާނެކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތް ކުރައްވާނެއެވެ.
ކުޅުދުއްފުއްޓަށް ވަޑައިގަތުމަށްފަހު ހދ.ނޮޅިވަރަމްފަރަށް ވަޑައިގަތް އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާވެސް ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

