ވެރިކަން އޮތުމަކީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާލުކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފް ނުވާ ގޮތަށްކަމަށެވެ. އަދި ހަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއްކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭނާ ވަނީ އެފަދަ މީޙުންނާއިމެދު ފިޔަވަޅުން އަޅަން ގޮވާލައި، ވެރިކަން އޮތުމަކީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫންކަމަށް ވިދާޅުވެފައެވެ.
ގ. އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ޚިޔާލު ފާޅުކުރެވޭނީ ދީނުގެ އަޞްލަކާ ޚިލާފް ނުވާ ގޮތަށް. ޙަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް. އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަންޖެހޭ. ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން.
— Mohamed Jameel Ahmed (@MJameelAhmed) August 13, 2022
ޖަމީލް މިހެން ވިދާޅުވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ބައެއް ފަރާތްތަކުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގުމަކީ ކުށެއް ނޫންކަމަށް ދޭހަކޮށްދީ ވާހަކަދައްކަމުންނެވެ.
ދިވެހިރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން އާންމުވެފައިވާއިރު، އެކަމުގެ ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނަށެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ ކޮށްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ނާޒިމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.

