ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްގަރާއި ގާދިއްފުށި ކައުންސިލް ބައި-އިލެކްޝަން އެމްޑިޕީއަށް!

ދިއްގަރު ކައުންސިލަށް އިންތިހާބު ވި އަބްދުﷲ އާރިފް އާއި ތ ގާދިއްފުށި ކައުންސިލަށް އިންތިހާބުވި ޒުލައިހާ އަހްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މ ދިއްގަރު ކައުންސިލް އާއި ތ ގާދިއްފުށި  ކައުންސިލްގެ ބައިއިލެކްޝަން އެމްޑީޕީ އިން ކާމިޔާބުކޮށްފިއެވެ.

ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އެވެ. އާރިފް އިންތިހާބު ކާމިޔާބު ކޮށްފައިވަނީ 375  ވޯޓް ހޯދައިގެންނެވެ. އޭނާގެ އިތުރުން އެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރީ އަބްދުލް ހަންނާން އެވެ. ހަންނާނަށް ލިބުނީ 325 ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެކައުންސިލްގެ މެމްބަރު އިބްރާހިމް ހަލީލް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.

މީގެ އިތުރުން މިއަދު ތ ގާދިއްފުށި ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބު އެމްޑީޕީ އިން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެގޮތުން އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހްމަދަށް ވަނީ 210 ވޯޓް ލިބިިފައެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ހައްވާ އަބްދުލް ހާދީ އަށް ލިބުނީ 201 ވޯޓެވެ. އަދި އެމްއާރުއެމްގެ ފަރާތުން ވާދަކުރި ފާތިމަތު މަލްދާ އަށް ލިބިފައިވަނީ 4 ވޯޓެވެ.

ގާދިއްފުއްޓާއި ދިއްގަރު ކައުންސިލްގެ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީގެ ފަރާތުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: