ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގައި ޝިއާގެ ޖަނާޒާ ބާއްވަނީ!

އަންހެން މީހާގެ މަރާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ހަޒްމަޓް ސޫޓެއްގައި ފުލުހުންގެ ކާރަށް އަރުވަނީ./ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ޖަނާޒާގެ ކަންކަން ޏ. ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދިއުމަށް ޝިއާގެ އާއިލާ އިން ނިންމައިފިއެވެ.

”ސަންގު” އަށް އެނގިފައިވާ ގޮތުގައި ޝިއާގެ ޖަނާޒާއަށް އަދި މިއަދުގެ ވަގުތެއްގައި ޝިއާގެ ހަށިގަނޑު ފުވަމުލަކަށް ގެންދެވޭނެއެވެ. އެހެންނަމަވެސް، ކަށުނަމާދު އޮންނަ ގަޑިއެއް އަދި ސާފުވެފައެއް ނުވެއެވެ.

ޝިއާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދިއުމަށް ފަހު އަނބުރާ ޝިއާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު މޯޗަރީގައެވެ.

ޝިއާ 22، މަރާލި މައްސަލައިގައި ފ. ނިލަންދޫ އަލީ ޝާހިލް ހައްޔަރު ކުރީ ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާއިންނެވެ. ޝިއާގެ ހަށިގަނޑު ފެނިފައި ވަނީ އެ އެޕާޓްމަންޓް ތެރެއިންނެވެ. މި މައްސަލައިގައި ޝާހިލް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ނިންމައިފައެވެ.

އަދި މި މައްސަލާގެ ތުހުމަތަށް ކަމުގެ ވެށިން ހައްޔަރުކުރެވުނު ޝާހިލް ޝިއާ މަރާލިކަމަށް މިހާތަނަށް އެއްބަސްވެފައެއް ނުވެއެވެ.

ވަރަށް ގަދަ
18%ވަރަށް ގަދަ 36%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 45%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: