ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކުކުރަން ދަތިވާގޮތައް މާލޭ މަގުމަތީ ޕެލެޓު ބަހައްޓާނަމަ ޖޫރިމަނާ ކުރަނީ!

ޕާކިން ޒޯންގައި ބާއްވާފައި އޮތް ޕެލެޓެއް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާކުކުރަން ދަތިވާގޮތައް މާލޭ މަގުމަތަކުގައި ޕެލެޓު ބަހައްޓާނަމަ، އަންނަ މަހުން ފެށިގެން ޖޫރިމަނާ ކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް ނެގުމުގެ މަސައްކަތް މިދިޔަ މާޗު މަހު ކައުންސިލުން ކުރި އެވެ. އެގޮތުން ޖުމްލަ1،300 އަށް ވުރެ ގިނަ ޕެލެޓް މަގުތަކުން ވަނީ ނަގާފައެވެ.

”ސަންގު” އަށް މައުލޫމާތުދެމުން މާލެސިޓީ ކައުންސިލުން ބުނީ ޕެލެޓުތައް އުނގަދުވާގޮތައް މަގުތަކުގައި ބަހައްޓާނަމަ ޖޫރިމަނާކުރަން ނިންމާފައިވަނީ ޕެލެޓުތައް ބެހެއްޓުމުގެ ސަބަބުން ޕާކުކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ދިމާވަމުން ދާތީކަމަށެވެ. އަދި މީގެ އިތުރުން މީގެ ކުރިންވެސް ނަސޭހަތްދިނުމަށްފަހު އެފަދަ ޕެލެޓުތައް ނަގާފައިވާނެކަމަށާއި ނަމަވެސް އޭގެ ސެ ތިން ސުވަސް ފަހުން އަނެއްކާވެސް އެ ޕެލެޓުތައް އެފަރާތްތަކުން ބަހައްޓާކަމުގެ ގިނަ ޝަކުވާތަކެއް އައިސްފައިވާކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ޕާކު ކުރަން ދަތިވާގޮތައް ޕެލެޓުތައް މަގުމަތީ ބަހައްޓާނަމަ ނަސޭހަތްތެރިވުމަށްފަހުވެސް ޕެލެޓް ނުނަގާ ފަރާތްތައް ފުރަތަމަ ފަހަރަށް 1000ރ. އާއި 500ރ. އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދެވަނަ ފަހަރު 1500ރ. އިން ޖޫރިމަނާ ކުރާއިރު ތިންވަނަ ފަހަރަށް ތަކުރާރު ވެއްޖެނަމަ 1800ރ. ޖޫރިމަނާ ކުރާނެއެވެ.

ހަތަރު ފަހަރަށް އެކަން ތަކުރާރުވެއްޖެ ނަމަ 2000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ޕޮލިސް ކޮންސްޓެބިއުލަރީ ސާވިސްގެ ހިދުމަތުގެ އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: