ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވެލްނެސް ފޯ ވިމެން”ގެ ނަމުގައި އެޗްޑީސީން ހަރަކާތެއް ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

“ވެލްނެސް ފޯ ވިމެން” ގެ ނަމުގައި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނުކޮށްފިއެވެ.

އެޗްޑީސީން ކޯށްފައިވާ އިއުލާނުގައި ވަނީ މި ހަރަކާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހު ކަމަށެވެ. އަދި މި ހަރަކާތަކީ ”ޝަލޫ ދި ޓްރެއިނާ” އާއި ގުޅިގެން އެޗްޑީސީއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމާއި ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުން ކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.  މި ސެޝަންގައި ސިއްހަތައް ފައިދާ ހުރި ކެއުންތަކާއި މާބަޑު މީހުންގެ ސިއްހަތާއި އަދި އަންހެނުންނާއި ގުޅުންހުރި ގިނަ ކަންތައްތަކުގެ މައުލޫމާތު ދިނުން ކުރިޔަށް ގެންދާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

މި ހަރަކާތުގައި ބައިވެރިވަން ބޭނުންފުޅުވާ އަންހެން ބޭފުޅުންނަށް ރެޖިސްޓްރީވުމުގެ ފުރުޞަތުވަނީ މިހާރު ހުޅުވާލާފައެވެ.

އެއްވެސް ފީ އަކާއި ނުލާ ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައި ކަމަށްވެސް އެޗްޑީސީއިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: