ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭނުންނެތް މަޤާމުތައް އުފައްދަމުންދާއިރު އެކަމަށް ބަހެއް ބުނަން ކެރޭނެ މީހަކު އެމްޑީޕީއަކު ނެތް: ޑރ ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުންނެތް މަޤާމުތައް އުފައްދާ އިސްރާފްކުރަމުން ދާއިރު އެކަމަށް އެއްްޗެއް ބުނަން ކެރޭ ވަރުގެ މީހަކު އެމްޑީޕީގައި ނެތްކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިސަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ބޭނުމެއްނެތް ބޭކާރު މަޤާމުތައް ސަރުކާރުގެ ތެރޭގައި އުފައްދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާ ޑރ ޝަހީމް ކުރެއްވި ޓުވީޓުގައިވަނީ ދިވެހި ހާރިޖިއްޔާގެ ތެރޭގައި މިހާރު ވަނީ ރަސްކަމެއް ގާއިމުކޮށްފައި ކަމަށާއި، ދައުލަތަށް ބޭނުން ނުވާ މަގާމުތައް އުފައްދައި އިސްރާފު ކުރަމުންދަނީ ރައްޓެހިންނާއި “ބޭފުޅުން” ރާއްޖެއިން ބޭރުގައި ލަގްޒަރީ ދިރިއުޅުންތަކުގެ ރުކުން ހަމަކުރަން ކަމަށެވެ.

 

އަދި އެކަމާ ދޭތެރޭ އެއްޗެއް ބުނާނެ ނުވަތަ ބުނަން ކެރޭނެ މީހަކުވެސް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގައި ނެތްކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ އެމީހުންގެ ރައްޓެހިންނާއި އާއިލާ ފަރާތްތަކަށް ހާއްސަކޮށްގެން ބޮޑު މުސާރަ ލިބޭ ގިނަ ސިޔާސީ ވަޒީފާތަކެއް އުފައްދާފަ އެވެ. އޭގެ ތެރެއިން ގިނަ ވަޒީފާތައް ދީފައިވަނީވެސް ގާބިލްކަން ނެތް ސިޔާސީ މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: