ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތި ދިނުމުން ”އެކްސްކުލޫޑު“ ކުރީ ރަށްރަށުގަ ރަޖިސްޓްރީވެފަ، މާލެ އައިސް ދަފްތަރުގަ ޖެހުނު މީހުން: އަސްލަމް

މިނިސްޓަރ މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުވެވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ”އެކްސްކްލޫޑް“ ކުރީ ރަށްރަށުގައި ރަޖިސްޓްރީވެ ތިބެ މާލެއަށް ހިޖުރަކޮށް، ދަފުތަރުގައި ޖެހިފައިވާ ފަރާތްތައްކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދޭން ނިންމާފައިވާ ގޯތިތައް ދިނުމަށް ކަނޑައެޅިފައި ވަނީ، މާލެއަށް ނިސްބަތްވާ ރައްޔިތުންނަށް ކަމަށެވެ. އަދި ރަށްރަށުން ހިޖުރަކޮށް، މާލޭގެ ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ނޫންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، ރަށް ރަށުން ހިޖުރަކޮށް، މާލޭގެ ދަފްތަރުގައި ތިބި ފަރާތްތަކަށް، ގޯތި ހޯދުމުގެ ފުރުސަތު ނެތް ނަމަވެސް، ”އޭގެން މީހުންގެ“ ދަރިޔަކު މާލެއަށް ވިހައި މާލޭގެ ދަފްތަރުގައި އޮތް ނަމަ، ގޯތި ހޯދުމަށް ކުރިމަތި ލެވޭނެކަމަށެވެ. އަދި މާލެއަށް ނިސްބަތްވާ ރައްޔިތުންވެސް، ރެޖިސްޓްރީ ކުރާނެ ތަނެއް ނެތިގެން މާލޭގެ ދަފްތަރުގައި ތިބި ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެ ފަރާތްތަކަށްވެސް ގޯއްޗަށް ކުރިމަތި ލެވޭނެކަމަށެވެ.

އަސްލަމް ވިދާޅުވީ، ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތި ދިނުމުގައި ދަފްތަރު ”އެކްސްކުލޫޑު“ ކުރީ ނޫންކަމަށެވެ. އަދި ”އެކްސްކުލޫޑު“ ކުރީ އެހެން ރަށެއްގެ ރެޖިސްޓްރީގައި އޮވެފައި މާލެއަށް ހިޖުރަކޮށް، ދަފްތަރުަގައި ޖެހިފައި ތިބި މީހުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ގޯތި ދިނުމުގެ އުސޫލުކަމަށް އިއުލާނުކޮށްފައިވަނީ އެ އުސޫލުކަމަށާއި، އެކަމަށް ބަދަލެއް ނާންނަކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު އިއުލާނު ކުރެއްވި، ބޯހިޔާ ވަހިކަމުގެ މަޝްރޫޢުގެ ދަށުން، ވަކި ފަރާތްތަކަށް ގޯތި ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ، ރައްޔިތުންގެ ތެރޭގައި ވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައެވެ. އަދި ބައެއް މަޖިލީސް މެމްބަރުން ގެންދަވަނީ އެ މަޝްރޫޢުއަކީ ބޮޑު ޖަރީމާއެއްގޮތަށް ސިފަ ކުރައްވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: