ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކުރިޔަށް ގެންދަނީ އިގްތިސާދީ ގޮތުން ކުރިއެރުން ލިބޭނެ މަޝްރޫއުތަކެއް: އަމީރު

މާލީ ވަޒީރު އިބްރާހީމް އަމީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރިޔަށް ގެންދަނީ އިގްތިސާދީ ގޮތުން ކުއެރުންތަކެއް ލިބޭނެ މަޝްރޫއުތަކެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވުމާއި، ދަރަނީގެ ނިސްބަތް އިތުރުވެފައި އޮތުމުން ގައުމު ބަނގުރޫޓުވެދާނެކަމުގެ އިންޒާރު މާލީ އިދާރާތްތަކުން ދިން ނަމަވެސް ސަރުކާރުން ވަނީ އެ ރިޕޯޓުތައް ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. އަދި މީޑީއާތަކުގައި އެ ވާހަކަތައް ދެކެެވެން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަމީރު ވިދާޅުވީ އެފަދަ ހާލަތަކަށް ރާއްޖެ ނުދާނެ ކަމަށެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުންނާއި، ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެކަން ފާހަގަ ކުރި އެވެ. އެހެންވެ، ބައެއް ހަރަދުތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ވެސް ނެރުނެވެ.

ބޮޑެތި މަޝްރޫއުތައް މަޑުޖައްސާލުމަށް މާލީ ދާއިރާގެ ތަޖުރިބާކާރުންނާއި ސިޔާސީ ބައެއް ބޭފުޅުން ގޮވާލަމުން ދިޔަ ނަމަވެސް އެފަދަ ވިސްނުމެއް ނުގެންގުޅޭކަމަށް ސަރުކާރުން ބުނެ އެވެ. މީޑިއާތަކާއި ބައްދަލުކޮށް ރައީސް ސޯލިހު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އިތުރު ބޮޑު މަޝްރޫއުއެއް ނުފަށާނެކަމަށާއި ލޯނުތައް ނެގުން ފަދަކަމެއް ވެސް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނުވަތަ އިގްތިސާދީ ކުރިއެރުން ގެނުވާ ޕްރޮޖެކްޓުތަކެއް ކުރިޔަށް ނުގެންދާކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް “އެމްޑީޕީ ކޮންގްރެސް 2022” ގައި ރައްދު ދެއްވައި އަމީރު ވިދާޅުވީ، މި ސަރުކާރުގެ އިގްތިސާދީ ތަސައްވުރުގައި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް އެބަހުރިކަމަށެވެ.

އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އަދި ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން ހިމެނޭކަމަށް މިނިސްޓާ ފާހަގަކުރެއްވިއެވެ. ހަނިމާދޫ އެއާޕޯޓް މަޝްރޫއު ކުރިއަށްގެންދިއުމަށްޓަކައި ވަރަށް އަވަހަށް އެވޯޑް ކުރެވި ކުރިއަށް ގެންދެވޭނެކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިރު މަޑުޖެހިފައި އޮތް ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ މަސައްކަތް ފެށުމަށްޓަަކައި ފަންޑިން އޭޖެންސީތަކާއި ވާހަކަދައްކާ އެ މަޝްރޫއު އަލުން ދިރުވި ބަޔަކީ އެމްޑީޕީކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ކުރިއަށްދާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުކަމަށްވާ ގްރޭޓާ މާލެ ކަނެކްޓިވްޓީ ޕްރޮޖެކްޓްވެސް 2023 ވަނަ އަހަރު ނިމޭނެކަމަށް އަމީރު ވިދާޅުވިއެވެ.

އޭގެ އިތުރުން މާލޭ ޕޯޓްސް ރިލޮކޭޝަންގެ މަޝްރުއުވެސް ކުރިއަށްދާކަމަށާއި މާލޭގެ ކޮމާޝަލް ހާބަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތަކީވެސް މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ  މިހާރު ހުރި ގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް ހުރަހަކަށްވެދާނެތީ އެ މަސައްކަތް ވީހާވެސް އަވަހަކަް ނިންމުމުގެ މަސައްކަތްތަށް ކުރިއަށްދާކަމަށެވެ.

ރާއްޖެ އާއި ބޭރާއި ގުޅުވާލެވޭނެ ފައިބާ ކޭބަލްގެ މަސައްކަތްތަކެއްވެސް ކުރެވޭކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

“މިހާރު މި ސަރުކާރުން އިންޓަނެޓަށް ގެނައި ހެޔޮ ބަދަލު ދެގުނަ ތިން ގުނައަށް އަގުހެޔޮ ކުރެވޭނެ، މި ޕްރެޖެކްޓް ސަބްމެރީންގެ ކޭބަލް ނިމުނީމަ” އަމީރު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ބަލާއިރުވެސް މި ސަރުކާރުންވަނީ  1036 ފަރާތަކަށް 1.3 ބިލިއަން ރުފިޔާގެ އެހީ ވެފައިކަމަށް އަމީރު ވިދާޅުވިއެވެ. އަދި މި ވިޔަފާރިތައް ކުރިއަށް ގެންދިމަށާއި މިފަދަ ވިޔަފާރިތަކަށް އެހީވުމަށްޓަަކައި 13 ރަށެއްގައި ބިޒްނަސް ސެންޓާގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި 32 ކައުންސިލެއްގައި ޖޮބް ސެންޓާގެ ޓެކްސް ހިމެނޭއިރު އެކި އެކި ގޮތްގޮތުން އެ މަސައްކަތް ފުޅާކުރެވިގެންދާނެކަމަށް އަމީރު ފާހަގަކުރެއްވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: