ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީފި!

ޖޭޕީގެ ތަރުޖަމާނު އަލީ ސާލިހު: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި މިނިސްޓްރީ އޮފް އެންވަރޮމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކޮނޮލޮޖީގެ ސްޓޭޓް މިނިސްޓާ، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.

މި މައްސަލަ މިއަދުގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ. އަދި މިހާރު އަލީ ސާލިހަށް އަންނަނީ ފަރުވާ ދެމުންކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާނެކަމަށެވެ.

މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަލީ ސާލިހަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވަނީ ކަޓަރެއް ބޭނުންކޮށްގެންނެވެ.

މިކަމާއި ބެހޭ އިތުރު ތަފްސީލް ހޯދުމަށްޓަކައި އަލީ ސާލިހަށް ގުޅި ނަމަވެސް، ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: