ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ޖޭޕީގެ ތަރުޖަމާނު އަލީ ސާލިހު: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް އެންވަރޮމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކޮނޮލޮޖީގެ ސްޓޭޓް މިނިސްޓާ، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސާލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ހުކުމް ކޮށްފައިވަނީ ހުޅުޟާލެ މެޖިސްޓްރޭޓު ކޯޓުންނެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައިކަމަށް ފުލުހުންވަނީ މައުލޫމާތުދީފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާނެކަމަށެވެ.

އަލީ ސާލިހަށް ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުވެފައިވާއިރު، އޭނާ އަށް ހަމަލާ ދިނުމަށް މަސައްކަތްކޮށްފައިވަނީ ކަޓަރެއް ބޭނުންކޮށްގެން ކަރަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: