ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރަށް އެރީ ޕްލެޓުފޯރމު އެކަންޏެއް ނޫން، 500 މިލިއަން ޑޮލަރުވެސް: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު-- ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރިޖު އެޅުމަށް ބޭނުން ކުރަމުންދިޔަ ޕްލެޓުފޯރމު ފަރަށް އެރުމާއި ގުޅިގެން، އެންވައިރޮމެންޓު މިނިސްޓަރު، އަދި ތިމާވެއްޓާއި ގުޅޭ ކަންކަމުގައި ވަކާލާތު ކުރަމުންދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަހެއް ވިދާޅުވެފައިނުވާތީ، މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޕްލެޓުފޯރމު ފަރަށް އެރިތާ އެތައް ދުވަހެއްވެ، އެކަމުގެ ސަބަބުން، ވިލިނގިލި ފަރު ސަރަހައްދަށް ގިނަ ގެއްލުންތައް ވެފައިވާކަމަށް އިޝާރާތްކުރައްވާ، ސައީދު ވިދާޅުވީ، ހުޅުމާލޭ- މާލެ ބުރިޖު އަޅަމުންދިޔަ އިރު، ގިރިތަކާއި ފަޅުތަކަށް ގެއްލުން ލިބެމުންދާކަމަށް ބުނެ، ތިމާވެށީގެ ވަޒީރާއި، އަނެއް ދިވެހިރާއްޖޭގެ ބާނީ، އެކަމާއި ދެކޮޅަށް ނުކުމެ، ރާޅުގެ ހިމާޔަތުގައި މުޒާހަރާތައް ކުރިކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ސަބަބުން، ތިމާވެއްޓަށް ގެއްލުންތައް ލިބެމުންދާކަމަށް ބުނެ، އަޑުއުފުލި ފަރާތްތައް މިއަދު، އެ މީހުންގެ ސަރުކާރު އޮވެ، ބާރުގައި ތިބި އިރު، ބުރިޖު ޕްލެޓުފޯރުމު ފަރަށް އުރުމުން ލިބެމުންދާ ގެއްލުންތަކާއި މެދު ބަހެއް ބުނެލުމަށްވެސް އުޒުރުވެރިވެފައިވާކަމަށެވެ. އަދި ފަރަށް އެރީ ޕްލެޓުފޯރމު އެކަނި ނޫންކަމަށާއި، އެކަމުގެ ސަބަބުން، ހަރަދުކުރި 500 މިލިއަން ޑޮލަރުވެސް ފަރަށް އަރާފައިވާކަމަށް ސައީދު ސިފަ ކުރައްވިއެވެ.

ބުރިޖު ޕްލެޓުފޯރުމު ފަރަށް އެރުމާއި ގުޅިގެން، ލިބެމުންދާ ގެއްލުންތަކަށް އަލިއަޅުވައި، ސައީދުގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު، މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގުވެސް ވަނީ، ބުރިޖު މަޝްރޫޢޫއާއި ގުޅުވައި ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ތޯރިގު ވިދާޅުވީ، 2023 ވަނަ އަހަރަށް އެ ބުރިޖު ނުނިމޭނެކަން އެންމެންނަށް އިންގޭނެކަމަށެވެ. އަދި 2023ގެ ރިޔާސީ އިންތިހާބަށް ފަހު، ޕީޕީއެމްގެ ވެރިކަމެއް ގާއިމު ކުރެވިއްޖެ ހާލަތެއްގައި، ޕްލެޓުފޯރމު އުރުމުގެ ސަބަބުން، ފަރަށް ލިބިގެންގޮސްފައިވާ ގެއްލުންތައް ހޯދައި، ޖޫރިމަނާ ކުރުން އޮންނާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ވެރިކަމެއްގައި ބުރިޖު ޕްލެޓުފޯރމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުން އޮންނާނެކަމަށް ފާހަގަކުރައްވާ ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ، ބުރިޖު އެޅުމަށް ކުރި ހަރަދާއި، ޖޫރިމަނާ ކުރާ ހަރަދާ އަޅާ ކިޔާލީމައި، ދިވެހި ސަރުކާރުން ބުރިޖު އެޅުމަށް ދައްކަން ޖެހޭ ފައިސާތަކެއް އޮންނާނެކަމަށް އެނާއަށް ލަފާ ނުކުރެވޭކަމަށެވެ.

މީގެ އިތުރުން ތޯރިގުވަނީ، ޕްލެޓުފޯރމު އުރުމުގެ ސަބަބުން، އެފްކޮންސް ކުންފުންޏަށް އިޔާދަ ނުކުރެވޭނެ ވަރަށް ގެއްލުން ވެފައިވާކަމަސް އިޝާރާތްކޮށްފައެވެ. އެނާ ވިދާޅުވީ، އެ ޕްލެޓުފޯރމު ނުނެގިޔަސް ހެޔޮ ކަމަށް އެފްކޮންސް ކުންފުނިން ބުނަންވީކަމަށެވެ. އަދި އީޕީއޭއިންވެސް އެ ސަރަހައްދު އެސެސްކޮށް، ހެދުމުގެ ބޭނުންތަކެއް ނެތްކަމަށް ތޯރިގު ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: