ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި އިއުލާން ބާތިލްކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖަލްސާއެއް ކުރިއަށް ދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލުމަށް ހޯމް މިނިސްޓްރީ އިން ކުރި އިއުލާން އެ އިދާރާއިން ބާތިލްކޮށްފިއެެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ކުރި އިއުލާން ބާތިލްކޮށްފައިވާ ކަމަށެވެ.

އިއުލާން ބާތިލް ކުރުމާއިގުޅިގެން ސަންގަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ޑައިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ އިއުލާން ބާތިލްކޮށްފައިވަނީ މީޑިއާ ކައުންސިލް އިންތިހާބުގެ ކުރިން ކުރަންހުރި ބައެއް މަސައްކަތްތައް ކުރަން ހުރުމުން ކަމުގައެވެ.

13 މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކައުންސިލްގައި ހިމެނެނީ މީޑިއާ ތަކުން އިންތިހާބުކުރާ ހަތް މެމްބަރުންނާއި އާއްމުންގެ ފަރާތުން ތިބޭ ހަ މެމްބަރުންނެވެ.

މީޑިއާ ކައުންސިލްގެ ދައުރަކީ ތިން އަހަރެވެ.

މީގެ އިތުރުން މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރިން ކޮށްފައިވާ ފަރާތަކަށް ދެވަނަ ފަހަރަށް އެކައުންސިލަށް ކުރިމަތިނުލެވޭނެއެވެ.

މީޑިއާ ކައުންސިލް މެމްބަރަކަށް ވުމަށް ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ދިވެއްސަކު ކަމުގައި ވުމާއި އުމުރުން 18 އަހަރު ވެފައި ވުމުގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތުގައި ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ޖިނާއީ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަ ތަކުގައި ނުހިމެނުމާއި ވޭތުވެދިޔަ އަހަރުތެރޭ ނޫސްވެރިއަކު ކަމުގައި ލިޔުނު ލިއުމެއްގެ ސަބަބުން ޝަރީއަތަށް ސާބިތުވެފައިވާ ކުށެއް ކޮށްފައި ނުވުން ހިމެނެއެވެ.

މީޑިއާ ކައުންސިލުން މެމްބަރު ކަަމަށް އިއުލާންކޮށްފައިވަނީ އެ ކައުންސިލްގެ މިއަހަރުގެ ދައުރު ހަމަވާތީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: