ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގަ އަހުލާގު ރަނގަޅު އެތައް ބަޔަކު އެބަތިބި: މަލީހު

ރައީސް ސޯލިހާއި، މަލީހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ 2023ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓުނަމަ، ރަނގަޅުވާނީ ސިޔާސީ މަސައްކަތްތައް ދޫކޮށްލާ، އިސްލާހިއްޔާއަށް ދިއުންކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ހުށައެޅި ގަރާރު އަނބުރާ ގެންދިއުމާއި ގުޅިގެން ރައީސް ސާލިހުގެ ފެކްޝަނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ދަނޑިވަޅެއްގައި އެ މަނިކުފާނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުކަމަށް ވެދާނެކަމަށް އިޝާރާތްކުރައްވާ މަލީހު ވިދާޅުވީ ތައުލީމާއި ތަޖުރިބާ ހުރި އަދި އަހުލާގީ ފެންވަރު ރަނގަޅު އެތައް ބަޔަކު އެމްޑީޕީގައި ތިބޭނެކަމަށެވެ.

މަލީހު ވިދާޅުވީ އެފަދަ ބަޔަކު އެމްޑީޕީގައި ތިބި އިރު، ރިޔާސީ ރޭހަށް ރައީސް ސާލިހު ނޫން ބޭފުޅަކު ނެރުމަށް އެމްޑީޕީއަށް ނުފެނިއްޖެ ހާލަތެއްގައި އެންމެ އެދެވޭ ގޮތަކީ، ސިޔާސީ ކަންކަން ހުއްޓާލުމަށްފަހު، އިސްލާހިއްޔާއަށް ދިއުންކަމަށެވެ. އަދި ދިވެހިރާއްޖޭގެ މުޖުތަމުގެ ތެރޭގައި ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީވެސް އެމްޑީޕީގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަންކަމަށް ސިފަ ކުރައްވާ އޭނާ ވިދާޅުވީ، ގިނަ މައްސަލަތަކުގެ މައި މުލަކީވެސް އެމްޑީޕީކަމަށެވެ.

ރިޔާސީ ކެނޑިޑޭޓަކަށް ރައީސް ސާލިހު އައުމަކީ، ޕާޓީ ފެއިލްވުމާއި އެއްފަދަކަމެއްކަމަށް ސިފަކުރެއްވުމުގެ އިތުރުންވެސް މަލީހުވަނީ އެމްޑީޕީއަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީގެ ޒަމާނުގައި މިސްކިތްތަކުން ބަންގީގެ އަޑު ޖެހުމުން އުނދަގޫވާކަމަށްބުނެ، އަޑުމަޑު ކުރުވާކަމަށެވެ. އަދި ދެ މިސްކިތް ކައިރި ކަމަށް ބުނެ ބަންގި ނުގޮވުން، އަދި މިސްކިތުގެ ހުރުމަތް ކެނޑިގެންދާ އަމަލުތައް އާންމުވެފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: