ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ އަތޮޅު މަދަރުސާގެ އައު އިމާރާތުގެ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކ އަތޮޅު މަދަރުސާގެ(ކ. ކާށިދޫ) އައު އިމާރާތުގެ މަސައްކަތް ނިމި، އެ އިމާރާތް ބޭނުންކުރަން މިއަދު ފދަށައިފިއެވެ.

އެ މަދަރުސާގެ އައު އިމާރާތް ބޭނުންކުރަން ފެށުން މިއަދު އެ ސުކޫލުގައި ކުލަގަދަކޮށްވަނީ ފާހަގަކޮށްފައެވެ. މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓުވީޓުގައިވަނީ މިއަދުން ފެށިގެން  އެ ސުކޫލުގައި ކިޔަވައިދެމުން ދާނީ އެއް ދަންފަޅިއަކަށް ކަމަށެވެ.

ކ އަތޮޅު މަދަރުސާގައި އަލަށް އެޅި އިމާރާތަކީ 16 ކްލާސްރޫމް ހިމެނޭ 4 ބުރީގެ އިމާރާތެކެވެ.

މި އިމާރަތް އެޅުމަށް އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީއެވެ. އެއީ 2019 ވަނަ އަހަރުގެ އެޕްރީލް ދެ ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: