ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި އަތޮޅެއް، ވަކި ރަށެއް ބާކީ ނުކުރާނަން:ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

އާބާދީގެ ކުދިބޮޑުމިނަށް ބަލައި އެއްވެސް ރަށެއް ބާކީކޮށް ތަފާތު ނުކުރާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ މުލަކު އަތޮޅު ވޭވަށުގެ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ  އާބާދީ ކުދި ރަށްރަށަށް ކުރިމަތިވާ ގޮންޖެހުންތައް ވޭވަށަށް ވެސް ކުރިމަތިވާކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އާބާދީގެ ކުޑަބޮޑުމިނަށް ނުބަލައި ދިވެހި ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ސަރުކާރުން ޤާޢިމުކޮށްދޭންޖެހޭ އަދި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ތަފާތުކުރުމެއްނެތި ފޯރުކޮށްދިނުން ކަމުގައެވެ.

ވޭވަށުގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެނާނަރުދަމާގެ ޚިދުމަތްވިޔަސް ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކަންކަން ސަރުކާރުގެ ޕްލޭނާއެކު ކުރިޔަށްގެންދަވާނެކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ވޭވަށުގެ ތަރައްޤީއަށް ޚަރަދުކުރީ ގާތްގަޑަކަށް 2 މިލިއަން ރުފިޔާކަމަށާއި، މި ސަރުކާރުން މި ފާއިތުވި 4 އަހަރުގެ ތެރޭގައި އެކަނިވެސް ވޭވަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވާފައިވާކަމުގައެވެ.

ވޭވަށުގެ ބަނދަރު ހުޅުވުމަށް ބޭއްވުނު މި ރަސްމިއްޔާތުގައި ވޭވަށު ބަނދަރު ރަސްމީގޮތުން ވޭވަށު ކައުންސިލާ ހަވާލުކުރުން ވެސް އޮތެވެ. ރައީސުލްޖުމްހޫރިއްޔާ މ. ވޭވަވަށަށް ވަޑައިގެންފައި ވަނީ އެމަނިކުފާނު މ. އަތޮޅުގެ 5 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: