ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ މީހަކު ފުލުހަށް ހާޒިރުވާން އެންގައިފި

ކޮވިޑުގައި ނިޔާވި މީހެއްގެ ޖަނާޒާ ކުރިޔަށް ގެންދަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުވިތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހަކު ފުލުހަށް ހާޒިރުވުމަށް އިއުލާނު ކުރުމުން އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެއްޖެއެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނުގައިވަނީ އދ. ދަނގެތި، ފެހިވިލާ، ޝަކުލުﷲ އަލީ، 41، ހާޒިރުކުރަނީ ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ. އަދި  އޭނާ އުޅޭ ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެމީހާވަނީ 2021ވަނަ އަހަރުގެ ޖޫން  19 ވަނަ ދުވަހު ކޮވިޑުގައި މަރުވެފައެވެ.

މި އިއުލާނާއި ގުޅިގެން އާއްމުންގެ އެތައް ބަޔަކު ފާޑުކިޔަމުން ބުނެފައިވަނީ މިފަދަ ޒިންމާދާރުކަން ކުޑަ ކަމެއް ފުލުހުންގެ މުއައްސަސާއިން ކުރުމުން ބުނާނެ އެއްޗެއް ނެތްކަމަށާއި ފުލުހުންގެ ،މުއައްސަސާ އިތުރަށް ފުޅާވުމުން ދިމާވާ ކަންކަން ކަމަށްބުނެ މަލާމާތުގެ ބަސްތައްވެސް އާއްމުންވަނީ ރައްދުކޮށްފައެވެ.

 

 

ވަރަށް ގަދަ
20%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 48%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 24%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: