ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އަމާޒަކީ، ލުއިފަސޭހަ ގޮތަކަށް ހިދުމަތް ދިނުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރުން: ޝަރީފް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ދެމުންދާ ހިދުމަތްތަކުގެ މައިގަނޑު އަމާޒަކީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ލުއިފަސޭހަ ގޮތަކަށް ހޯދޭނެ ސިޔާސަތުތައް ބައްޓަންކޮށް އެކަން ތަންފީޒު ކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އއ ރަސްދޫ، ތޮއްޑޫ އަދި އުކުޅަސް ކައުންސިލުތަކާއި އެކު މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމަށް ގާއިމު ކުރެވުނު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް، މިހާރު ދެމުންދާ ގޮތަށް ދެމުން ގެންދިއުމަށް އިތުރު ދައުރެއް ލިބިގެންދާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެވެ.

ސަރީފް ވިދާޅުވީ، ރައްޔިތުންނަށް މަންފާއާއި ލާބަ ހޯދައި ދިނުމަށްޓަކައި، ރައީސް ސާލިހުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް އެނާ އިލްތިމާސް ކުރައްވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އެނާ ވަނީ، އއ އަތޮޅުގެ ހުރިހާ ކައުންސިލަކާއި ބައްދަލުކޮށް، އެ ކުންފުނީގެ ފަރާތުން ހޯދުމަށް ބޭނުން ޖެހިފައިވާ ހިދުމަތްތަކާއިމެދު މަޝްވަރާ ކުރައްވާފައިކަމަށެވެ. އަދި ބައެއް ފަރާތްތަކުން މަގު ބައްތި ޖެހުން ފަދަ މަސައްކަތްތަކަށް އެދިފައިވާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، މިހާރު ތިން ރަށެއްގެ މަސައްކަތްތަކާއި ހަވާލުވެފައިވާނަމަވެސް، ކައިރި މުސްތަގުބަލެއްގައި ސްޓެލްކޯގެ ހިދުމަތްތައް ލިބިގެންދާނެކަމަށެވެ.

ޝަރީފް ވިދާޅުވީ، ކޮންމެ ރަށެއްގެ ކައުންސިލުން އަދި ރައްޔިތުން ކުރާ މަސައްކަތެއްގައި ސްޓެލްކޯއިން ބައިވެރިވާނެކަމަށެވެ. އަދި އެ ކުންފުނީގެ ހިދުމަތެއް ދިނުމުގައި ވަކި ކުލައަކަށް ބެލުމެއް ނޯންނާނެކަމަށެވެ. އަދި ސްޓެލްކޯއާއި ސަރުކާރުގެ އެހެނިހެން ކުންފުނިތަކުން ދެމުންދާ ހިދުމަތްތަކަކީ، ސަރުކާރުގެ ސިޔާސަތުތަކެއްގެ ދަށުން ދެމުންދާ ހިދުމަތްތަކެއް ކަމަށާއި، ޝުކުރުވެރިކަމާއިއެކު، ހިދުމަތްތައް ބަލައިގަތުމަށްވެސް އެނާ އެދިލެއްވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން ބޭނުންވަނީ، ކުރިއަށް އޮތްތާ އެ ކުންފުނިން ހިދުމަތްތައްދޭ އެއްވެސް ރަށެއްގެ މަގު ބައްތިތައް، އިރު އޮއްސުމާއި އެކު ނިވިފައި ނުހުންނަ ތަކެއްޗައް ހަދަން ކަމަށެވެ. އަދި އެކަން ކަށަވަރު ކުރުމުގެ ޒިންމާ އޮތީ ސްޓެލްކޯގެ އަތްމަތީގައި ކަމަށާއި، ރަށްރަށުގެ ކަންކަން ބަލަހައްޓާ ސްޓޭޝަން މެނޭޖަރުންނަށް އެކަންކަން ކަށަވަރު ކުރުމަށް ދަންނަވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: