ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުޤީގަށް ހާޒިރުވުމަށް އެންގުނީ އޮޅުމަކުން: ފުލުހުން

ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުޤީގަށް ހާޒިރުވުމަށް އަންގާ ކުރެވުނު އިއުލާނަކީ އިދާރީ އޮޅުމަކުން ކުރެވުނު އިއުލާނެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި މިއަދު ކުރި އިއުލާނުގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އދ. ދަނގެތި/ ފެހިވިލާ، ޝަކްލުﷲ ޢަލީއެވެ. އޭނާ ހޯދަން އިއުލާން ކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ނިޔާވެފައެވެ.

މި އިއުލާނާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ އެ އިއުލާނަކީ އޮޅިގެން ކުރެވުނު އިއުލާނެއްކަމަށާއި  އެ ކަމަށްޓަކައި ނިުޔާވެފައިޮވާ ފަރާތުގެ އާއިލާއާއި އާއްމުންގެ ފަރާތުން މަޢާފަށް އެދޭކަމަށް އެ ޓުވީޓުގައި ވެއެވެ.

އަދި މީގެ އިތުރުން، މިފަދަ މައްސަލައެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެއްމެހާ ފިޔަވަޅުތައް އަޅާނެ ކަމަށާއި މިފަދަ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަޤީންކަންވެސް ފުލުހުންގެ ޓުވީޓުގައި އަރުވާފައިވެއެވެ.

އަދި  ފުލުހުން ވަނީ މިހާރު އެ އިއުލާން ފުލުހުންގެ ވެބްސައިޓުންވެސް ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: