ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ރައީސުލް ޖުމަހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ހުޅުއްވާދެއްވައިފި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން މ. ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއެކު ކުރިއަށް އޮތް ވިހި، ތިރީސްއަހަރަށް އެއްވެސް ދަތިކަމެއްނެތި ކަރަންޓުގެ ޚިދުމަތް އެރަށަށް ފޯރުކޮށްދެވެމުންދާނެކަމަށެވެ.

ވޭވަށުގައި ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެއަކީ، މީގެ 29 އަހަރުކުރިންފެށިގެން ބޭނުން ކުރަމުން އައި އިންޖީނުގެއެކެވެ. އަދި އިންޖީނުގެ ހުރީ ރަށުގައި މީހުންދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވުމާއިއެކު އެކަމުގެ ސަބަބުން އާންމުރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން އަލަށް ހުޅުވި އިންޖީނުގެއަކީ، 208 ސްކެއާ މީޓަރު ބޮޑު އިންޖީނުގެއެކެވެ. މި އިންޖީނުގޭގައި 4 މުވައްޒަފުން އަދި އޮފީސް އިމާރާތުގައި 25 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ހުރެއެވެ. ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 368ކިލޯވޮޓް ނަމަވެސް އަލަށް މިހުޅުވުނު އިންޖީނުގެ ޑިޒައިންކޮށްފައި ވަނީ 400 ކިލޯވޮޓް ގެ 3 ޖެންސެޓް ބަހައްޓައި ޚިދުމަތްދެވޭނެ ގޮތަށެވެ. އަލަށް މިހުޅުވުނު އިންޖީނުގޭގެ މިހާރުގެ ކެޕޭސިޓީއަކީ 448ކިލޯވޮޓް އެވެ.

އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ޖަޒީރާ ތަރައްޤީގެ އެންމެ ބޮޑު ބައިވެރިންނަކީ ފެނަކަ ކޯޕަރޭޝަންއާއި އެމް.ޓީ.ސީ.ސީ ކަމުގައެވެ. އަދި ފެނަކަ ކޯޕަރޭޝަންއާއި އެމް.ޓީ.ސީ.ސީގެ އެއްބާރުލުމާއެކު މުޅި ރާއްޖެއަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަށް އޮތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

އަދި، ރައީސް ވިދާޅުވީ ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަމަށާއި އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުން ބަލައިގެންފައިވާ މިންވަރުގެ ހެއްކެއްގެ ގޮތުން ރާއްޖޭގެ ބޮޑު ބައެއްގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްތަކުން އެކުންފުންޏާ ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އައިސްޕްލާޓްގެ ޚިދުމަތް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ކުރިއަށް އޮތް ސެޕްޓެންބަރުމަހުގެ ތެރޭގައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރެވިގެން ދާނެކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: