ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެތް ނުރައްކަލެއް ޤައުމަށް ކުރިމަތިކުރުވަން މަސައްކަތް ކުރަނީ އިދިކޮޅުން: ޔައުޤޫބް

Dhaandhoo MP Yaugoob Abdulla
ދާންދޫ ދާއިރާގެ މެންބަރު، ޔައުޤޫބު އަބްދުﷲ ޕޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ޤައުމުގައި ނެތް ނުރައްކަލެއް ކުރިމަތިކުރުވަން މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމް، ޕީއެންސީކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ބެހޭ ބިލަށް ބަހުސް ކުރަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ވިދާޅުވީ، މި ބިލަށް ތާއީސު ކުރައްވާކަމަށެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާ މައިގަނޑު ދެ ސަބަބެއްކަމުގައި މުޖުތަމައުގައި ދީނީ ބައިބައިވުން އުފައްދާ، ދީނީ ހައްދުފަހަނަ އެޅުމުގެ ފިކުރާއި، އިސްލާމްދީން ހުއްދަ ނުކުރާ ކަންތއްތަކެއް، އަދި ރައްޖޭގެ ޤައުމީ ސަލާމަތައް ނުރައްކާވާފަދަ އެތައްކަމެއް ކުރެވެމުންދިޔުމާއި މީގެ އިތުރުން، ނިރުބަވެރި ހަމަލާތަކާއި ޤައުމީ ސަލާމަތައް ނުރައްކާތެރިވާ ކަންކަން ރާއްޖޭގައި ހިންގުން އިތުރު ވެދާނެ ކަމުގެ ބިރު ބޮޑުވެގެނެދިޔުން ކަމަށް ފާހަގަކުރައްވާ ޔައުޤޫބު ވިދާޅުވީ މިކަންކަން ރާއްޖޭގައި އޮތްކަން އެއްމެ ބޮޑަށް އެންމެ ބޮޑަށް އެނގިލައްވާނީ މި ބިލް ހުށްހެޅުއްވި މެންބަރަށާއި އެ މެންބަރު ނިސްބަތްވާ ޕާޓިއަށް ކަމަށެވެ.

އަދި، މި ޤައުމުގައި ނެތް ނުރައްކަލެއް، މި ޤައުމަށް ކުރިމަތި ކުރުވުމަށް އެއްމެ ބޮޑަށް މަސައްކަތް ކުރާ ޕާޓީއަކީ ޕީޕީއެމް/ ޕީއެންސީގެ ގޮތުގައި ޔައުޤޫބު ވަނީ ސިފަކުރައްވާފައެވެ.

”މި ޤައުމުގައި ނެތް ނުރައްކަލެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޤައުމަށް ގެންނަށް، މި ޤައުމަށް ކުރިމަތި ކުރުވުމަށް އެއްމެ ބޮޑަށް މަސައްކަތް ކުރާ ޕާތީއަކީ ޕީޕީއެމް/ ޕީއެންސީ” ޔައުޤޫބު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއާއި އެހެން ބޭރު ޤައުމުތަކާ އޮތް ގުޅުން ކަނޑާލާ، އެ ޤައުމުތަކާއި ދެކޮޅަށް ބާއްވަމުންދާ ކެމްޕޭނުތަކަކީ އާދައިގެ ކުޑަކަމެއް ނޫންކަމުގައި ޔައުޤޫބު ވިދާޅުވިއެވެ.

” ހަމަ އެ ޕާޓީން (ޕީޕީއެމް) ރާއްޖެއާއި ދުނިޔޭގެ އެކި އެކި ޤައުމުތަކާ އޮތް ގުޅުން ކަނޑާލަން ކުރިއަށްގެންދާ ކެމްޕޭނުގެ ތެރެއަށް ދެން އިތުރުވާނީ ޗައިނާ ނޫންކަމެއްވެސް އަޅުގަނޑަކަށް ނޭނގެ. އެއީ ކުޑަ އާދައިގެ ކަމެއްނޫން. އެއީ ރާއްޖެއަށްއޮތް ނުރައްކަލެއް. ގެއްލުމެއް.” ޔައުޤޫބު ވިދާޅުވިއެވެ.

އަދި އެފަދަ އަމަލުތައް ކުރަމުންދާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ޔައުުޤޫބުވަނީ ގޮވާލާފައެވެ.

މި ބިލަށް އިސްލާހު ގެނެވިއްޖެނަމަ މި ރާއްޖޭގައި ފަސާދައާއި ފިތުނަ އުފެދުމަށް ޖާގައެއްނުލިބޭނެކަމަށްވެސް ޔައުޤޫބުގެ ވާހަކަ ނިންމަވާލައްވަމުން ފާހަގަކުރެއްވިއެވެ. އަދި މި ބިލް މަޖިލީހަށް ހުށަހަޅުއްވާދެއްވި ކަމަށްޓަކައި އެތައް ފަހަރެއްގެ މަތިން ޔައުޤޫބު ވަނީ އާދަމް ޝަރީފަށް ޝޫކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: