ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ އިއުތިރާފާއެކު، އަލަމްގިރިގެ މައްޗަށް ކުށް ސާބިތުވެއްޖެ

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް އަމިއްލައަށް އިއުތިރާފް ވުމާއެކު އަލްމްގީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ނޫސްވެރިންނަށް ނުވަދެވޭހެން ސިއްރުން އިއްޔެ ހަވީރު، އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އިބްތިދާއީ އަޑު އެހުން އިއްވުމުން އަލަމްގީރުވަނީ، ދައުވާއަށް އިއުތިރާފްވެފައެވެ.

އެހެންކަމުން އިބްތިދާއީ މަރުހަލާ ނިންމާލުމަށްފަހު، ޝަރީއަތުގެ އަޑުއެހުމެއް ވެސް އިއްޔެ ކުރިމިނަލް ކޯޓުގައި އަލަމްގީރު ހާޒިރުކޮށް ބޭއްވި އެވެ. އެ އަޑުއެހުމުގައި ވެސް އަލަމްގިރި ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓާފަ އެވެ.

ކުށަށް އިއުތިރާފުވެފައި ވާތީ, މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމުމަށެވެ. އެހެންކަމަށް ވުމާއެކު، އަލަމްގިރިގެ މައްޗަށް އަދަބު ކަނޑައެޅުމާއި ހުކުމންކުރުމަށް އިތުރު އަޑުއެހުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ”ސަންގު” އަށް އެނގިފައިވެއެވެ.

އަލަމްގިރިގެ ފުލުހިންގެ ތަހުޤީގަށް ދީފައިވާ ބަޔާން ލީކުކޮށްލާފައި ވާއިރު އެ ބަޔާން ލީކުވި ގޮތެއް ހޯދާ ތަހުޤީގުކުރތާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.

ލީކުވެފައިވާ އަލަމްގީރުގެ ބަޔާނުގައި ގިނަ އަދަދެއްގެ ބަޔަކާއި އެކު އޭނާ އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ އެވެ. އަދި އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައި އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތީ ރަސްމީ އެއްވެސް އިދާރާއަކުން މައްސަލަ ބަލާފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެ ގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށާއި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން އެފަދަ ކަންކަމަށް މީހުން ހޯދޭނެ އެޕްލިކޭޝަނެއް ލިބި އެ މެދުވެރިކޮށް ވެސް މީހުންނާއި ބައްދަލު ކުރާކަމަށް އޭނާ ބުންޏެވެ.

“އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޗެޓުކޮށް އެ މީހުންނާއި ބައްދަލުކޮށް އެ މީހުންނާއި އެކު އަޅުގަނޑު އެއްޖިންސުން ގުޅުން ހިންގަމުން ދިޔައީމެވެ” އަލަމްގިރް ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

އަލަމްގިރި ބުނީ، އޭނާ ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހުރި ބްރޯކަރެއް މެދުވެރިކޮށް ވެއިޓަރެއްގެ ގޮތުގައި ކަމަށެވެ. އޭރު އެކި ތަންތަނުގައި މަސައްކަތް ކުރަމުން ވެސް ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގާ ކަމަށް އަލަމްގިރް ވަނީ ބުނެފައެވެ.

އަލަމްގިރް ބުނި ގޮތުގައި އޭނާ ވަނީ މިހާތަނަށް ތިން ގައުމެއްގެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގާފައެވެ. އެއީ ބަންގްލަދޭޝް، ސްރީލަންކާ އަދި ރާއްޖެއެވެ. އަދި މިހާތަނަށް އެއްޖިންސުން ގުޅުން ހިންގާ 45-50 ދެމެދުގެ ވީޑިއޯ ރިކޯޑް ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާއާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

އަލަމްގީރްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު, އޭނާއާއެކު ގުޅުން ހިންގި ކަމުގެ ތުހުމަތުވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު “ކާނަލް” ނަޝީދުގެ މައްޗަށް ޝަރީއަތް ފެށުން މިއަދަށް ވަނީ ތާވަލުކޮށްފަ އެވެ.

އޭގެއިތުރުން މި މައްސަލާގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ވަޒީފާއެއްގައި ހުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. މި ޝަރީއަތްތައް ކުރިއަށް ގެންދާނީ, ޖިންސީ ކުށާ ގުޅޭ މައްސަލައަކަށްވާތީ ސިއްރުކޮށްގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: