ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ފިލަމުތަކެއްގައި މުހިއްމު ރޯލްތަކެއް އަދާކޯށްފައިވާ، އަދި ބެލުންތެރިންގެ ހިތުން ހާއްސަ މަޤާމެއް ހޯދާފައިވާ، މަޝްހޫރު ފިލްމީ ތަރި، އުމުރުން 80 އަހަރުގެ ފައުޒިއްޔާ ނިޔާވެއްޖެއެވެ.

ފައުޒިއްޔާ ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ގެންދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ފައުޒިއްޔާ ނިޔާވެފައިވަނީ ހާޓްއެޓޭކެއްޖެހިގެން އޭނާގެ ގޭގައި ހުއްޓައެވެ.

ފައުޒިއްޔާ ފިލްމީ ދާއިރާއަށް ވަނީ 1985 ވަނަ އަހަރުއެވެ، އޭނާގެ އެއްމެ ފުރަތަމަ ފެނިލުން ފެނިގެން ގޮސްފައިވަނީ ”ފިދާ” ކިޔާ ފިލްމަކުންނެވެ.

ޕާކިސްތާނަށް ޖާސޫސް ކުރި ކަމަށް ބުނެ 1994 ވަނަ އަހަރު އިންޑިއާގެ ޖަލެއްގައި ފައުޒިއްޔާ ތިން އަހަރު ވަންދެން ބަންދުވެސް ކުރިއެވެ. އޭނާ ނިޔާވިއިރު, ހައްޔަރުކޮށްގެން ގެންގުޅުމުގެ ބަދަލު ހޯދަން މައްސަލަ އިންޑިއާ ސަރުކާރަށް އޮތީ ހުށަހަޅާފަ އެވެ. އެ މައްސަލަ ކުރިއަށްދާއިރު އޭނާގެ ބަޔާން ވެސް ނަގާފައިވެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: