ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ފަންނުގެ ގާނޫނުގެ ކުރިން ލޯ ހެދި ދަރިވަރުން ބާ އެގްޒާމް ހަދަން ޖެހުން އިންސާފެއްވެރިއެއް ނޫން: އުޝާމް

އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރުގެ ކުރިން ޤާނޫނު ކިޔަވަން ފަށައިފައިވާ ކުދިންނަށް ބާ އެގްޒާމް ހަދަން ޖެހުމަކީ އިންސާފެއް ނޫންކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލަށް އިސްލާހު ގެނައުމަށް މިއަދުގެ މަޖިލީހަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ބިލަކީ 2019 ވަނަ އަހަރު މި މަޖިލީހުން އެއްމެ ފުރަތަމަ ފާސްކުރެވުނު ޤާނޫނު ތަކުގެ ތެރެއިން އެއް ޤާނޫނު ކަމަށާއި، މި ޤާނޫނަކީ ޤާނޫނީ ވަކީލުންނަށް ޢޭރު ދިމާވެފައިވާ ވަރަށް ގިނަ މައްސަލަތަކަކަށް ހައްލެއް ހޯދުމުގެ މަޤަސަދުގައި ފާސްކުރެވުނިު ޤާނޫނެއް ކަމަށެވެ.

އަދި މި ޤާނޫނުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް އިސްލާހުވެގެން ދިޔަކަމަށްވެސް އުޝާމް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، ޤާނޫނީ ވަކީލުން ”ސެލްފް ރެގިއުލޭޓް” ވާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ވެގެން ދިޔަ ކަމަށާއި، ޤާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލެއް ނެގި، ބޮޑެތި ބާރުތަކަކާއި މަސްޢޫލިއްޔަތުތަކެއް ކައުންސިލްގެ އައްމައްޗަށް ދެވިގެން ދިޔުންވެސް ހިމެނޭކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ބާ ކައުންސިލަށް ހަވާލު ކުރެވިފައިވާ އެއް ޒިންމާއަކީ، ޤާނޫނީ ދާއިރާއިން ކިޮޔަވާ ނިންމާ ކުދިންނަށް ހާއްސަ ތަމްރީނެއް އަދި ބާއެގްޒާމެއް ދިނުންކަމަށް އުޝާމް ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބުމަށް ބާ އިމްތިހާނެއް ފުރިހަމަ ކުރުމަށް ޖެހޭ އިރު ބާ އިމްތިހާނު ހެދުމަށް ދަރިވަރުިންނަށް ކުރިމަތިވެފައިވާ މައްސލަަތަކަށް އެކަށީގެންވާ ހައްލެއް ހޯދާދެވިފައި ނުވާކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެކަމުގެ ޝަކުވާ އެތައް ސަތޭކަ ކުދިންނެއް ކުރަމުންދާކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން އެކުދިން ކިޔަވާ ނިންމުމަށްފަހު، އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކުރެވިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެކަމަށް ފާހަގަކުރައްވާ އުޝާމް ވިދާޅުވީ މިހާރު މި ޤާނޫނޖު އޮތްގޮތުން އިސްލާހެއް ނުގެނެސް އެކުދިންގެ ޝަކުވާތަކަށް ހައްލެއް ގެނެވެން ނެތްކަމަށެވެ.

އުޝާމްގެ ވިދާޅުވީ، ޤާނޫނީ ދާއިރާއިން ކިޔަވަން ފެށިއިރު ނެތް ޝަރުތެއް އިތުރުވެގެން ދިޔަކަމަށާއި 2019 ވަނަ އަހަރުގެ ކުރިން ޤާނޫނީ ދާއިރާއިން ކިޔަވަން ފެށި އެއްވެސް ކުއްޖަކަށް ބާ އިމްތިހާނެއް ހަދަން ޖެހޭކަން ކުރިން އެނގިފައި ނުވާކަމަށާއި އިތުރު އަހަރުތަކަކާއި ޚަރަދުތަކެއްވެސް ހިނގާނެކަން އެނގިފައިނުޥާނެކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެކަން ކުރިން ކުދިންނަށް އިނގޭނަމަ ޤާނޫނީ ދާއިރާނޫން އެހެން ދާއިރާއެއް އިޮޚްތިޔާރު ކުރާނެކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

”މިސާލަކަށް ޕައިލެޓުކަން ކިޔަވާ ކުއްޖަކަށް ވިއްޔާ އެބަ އިނގޭ ކޮންމެ އަހަރަކުވެސް ރޭޓިން ޖަހަން ޖެހޭނެކަން. ނަމަވެސް ޤާނޫނީ ދާއިރާއިން މިކުދިން ކިޔަވަން ފެށި އިރު މި ކުދިންނަކަށް ނޭނމގޭ ބާ އިމްތިހާނެއް ހަދަން ޖެހޭނެކަމެއް. އިތުރު އެއް އަހަރު ދުވަހުގެ ޓްރޭނިންއެއް ހަދަން ޖެހޭނެކަމެއް. އިތުރު ޚަރަދުތަކެއް ހިނގާނެކަމެއް.” އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ 2019 ވަނަ އހަރުގެ ކުރިން ޤާނޫނު ކިޔަވަން ފަށައިފައިވާ އެއްވެސް ދަރިވަރަކު ބާއިމްތިހާނު ހަދަން ޖެހި ކިޔަވަން ފެށި އިރު ނެތް ޝަރުތެއް އިތުރުވުމަކީ އިންސާފެއް ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: