ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫގައި އޭލެވެލް ނުފެށެނީ ބޭނުންވާވަރަށް ކުދިން ފާސް ނުވާތީ: އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އާބާދީ ބޮޑު ނަމަވެސް ކ ކާށިދޫގައި އޭލެވެލް ފެށެެން ނެތީ އޭލެވެލް ފަށަން ބޭނުންވާ އަދަދަށް ގުރޭޑު 10 އަކުން ކުދިން ފާސްނުވާތީކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރާއި ސުވާލުކުރުމަށް ލިބުނު ފުރުޞަތުގައި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ކާށިދޫގައި ގުރޭޑު 10 އަކާ ހަމައަށް ކިޔެވުމަށްފަހު އޭލެވެލް ކިޔެވޭނެ އިންތިޒާމް ހަމަނުޖައްސާދެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެެ.

މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ،މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ރަށެއްގައި އޭ ލެވެލް ހެދުމަށް 15 ކުދިން ގްރޭޑް ދިހަޔަކުން ރަނގަޅު ނަތީޖާ ހޯދަންޖެހޭ ކަމަށެވެ. އެކަމަކު ކާށިދޫގައި އެ އަދަދަށް ކުދިން ފާސް ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ކާށިދޫ ސްކޫލުގައި ގްރޭޑު 11 އަށް ކިޔަވަން ބޭނުންވާ ވަރަށް ގްރޭޑް ދިހަޔަކުން ފާސްވާ ކުދިން ތިބޭނަމަ އަޅުގަނޑުމެންނަށް ކާށިދޫގައި ގްރޭޑް 11 ފެށޭނެ،” މިނިސްޓަރު ވިދާޅުވި އެވެ.
“އެހެންވީމަ އިއްޒަތްތެރި މެންބަރުވެސް، ރަށު ބޭފުޅުންވެސް މަސައްކަތް ކޮށްލަދެއްވާ، އެއީ 15 ދަރިވަރުން ބޭނުންވާނީ ގްރޭޑް ދިހަޔަކުން ރަނގަޅަށް ފާސްވެ އޭލެވެލް ހެދޭ ފެންވަރުގެ ޝަރުތު ހަމަވާން”.
މީގެ  އިތުރުން މިނިސްޓަރު ވަނީ ދިވެހިރާއްޖޭގެ ކޮންމެ ދަރިވަރަކަށްވެސް ސަރުކާރުގެ ފަރާތުން ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު އޮތްކަންވެސް ހަނދުމަފުޅު ކޮށްދީފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: