ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ހުރިހާކަމެއްވެސް ކުރަނީ ރައްޔިތުންނާއި ގާނޫނަށް ގޮންޖަހާފަ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަންގު - މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މިއޮތް ސަރުކާރު ނުވަތަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހުރިހާކަމެއްވެސް ކުރަނީ ރައްޔިތުންނަށް ގޮންޖަހާފަކަމަށް އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ “ސަންގު ޓީވީ” އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ގައުމު މިހާރު އޮތް ހާލަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން ގާނޫނުތަކަށް ގޮންޖަހާ ކަންތައްތައް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ޕާޓީގެ އަތުގައި އޮތުމުންކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެހެންކަމުން ސަރުކާރަށް ރައްޔިތުންގެ މަޖިލީޙަށް ޖަވާބުދާރީ ވާން ނުޖެހޭކަމަށާއި ނުވަތަ މެންބަރުން ސުވާލުނުކުރާކަމަށެވެ. އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއިވެސް ގާނޫނީ ހަމަތަކުގެ މަތިން އަޒުލު ނުކުރެވުމަކީ އެމްޑީޕީގެ ސަރުކާރުން ގާނޫނުތަކަށާއި ރައްޔިތުންނަށްވެސް ގޮންޖަހާ ސަބަބެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“މިހާރު މި ހުންނަ ރައީސުލްޖުމްހުރިއްޔާއަކީ ގާނޫނު އަސާސީއާއި ގާނޫނުގެ އެތައް މާއްދާތަކަކާއި ހިލާފްވެ ހުންނެވި ބޭފުޅެއް، އެހެންނަމަވެސް ދިވެހި ރައްޔިތުންގެ ބާރު ނެތީ ގާނޫނީ ހަމަތަކުގެ މަތިން އަޒުލު ކުރަން”

ރައީސް ޔާމީން އިޝާރާތް ކުރެއްވީ އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަތިބިކަމަށް ބުނެ، އިންޑިއާގެ ސިފައިން ރާއްޖެއިން ބޭރުކުރުމަށްކަމަށް ބުނެ އެމަނިކުފާނު އިސް ނަގައިގެން ކުރިއަށްގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސް ސާލިހު ނެރުއްވި ގަރާރަށެވެ. ރައީސް ޔާމީން ވިދާޅުވީ އެއީވެސް ގާނޫނާއި ހިލާފަށް ނެރުނު ގަރާރެއްކަމަށާއި ނަމަވެސް އެ މައްސަލަވެސް ކޯޓުތަކުގައި ނުހިގާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބޭނުންކަމުގައި މިކަންތައް ސިފަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ހުރި މައްސަލަތައް ބެލޭ މިންވަރު އަވަސް ކުރަންޖެހޭކަމަށެވެ. އެމަނިކުފާނު ސުވާލުއުފެއްދެވީ މުޅި ޖުޑިޝަރީގެ ބެލެނިވެރި ފަރާތެއް އެބައޮތްތޯއެވެ. ޖުޑީޝަރީގައި ހިގާ ނުރަނގަޅު ކަންކަމާއި ސުލޫކީ ކަންކަން ބަލަން ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އެބަ އޮތްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން އަނެއްކާވެސް ސުވާލުއުފެދެވީ މިކަންކަން ކުރިއަށްދާ ގޮތް ބަޅާ ޔަގީންކުރަން ހުރީ ކާކުކަމާއިމެދުއެވެ.

” ހަމަ ގައިމުވެސް ރައީސުލްޖުމްހުރިއްޔާ އެކަމެއް ނުކުރެ. އެއީ ރައީސުލްޖުމްހުރިއްޔާ ކުރައްވާ ކަންތައްތަކާއި ދެކޮޅަށް ކޯޓަށް ދާން މި ޖެހެނީ، ގާނޫނީ އެހެން ރިލީފެއް އެހެން ރެމިޑީއެއް ލިބޭނެ އެހެން އެއްވެސް ގޮތެއް ނެތީމަ”

މިކަމުގެ ތެރޭގައި ތަންފީޒީ އެހެން ބާރުތަކުން ސިފައިން ނުވަތަ ފުލުހުން ހިމެނެން އެމަނިކުފާނު ވަކާލާތު ނުކުރައްވާނަންކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން އެއްސެވީ އެހެން ނަމަވެސް މިއަދު ޖުޑީޝަލްގެ ކަސްޓޯޑިއަން ކޮބައިތޯއެވެ. ކުރީގައި ސްޕްރީމް ކޯޓުން މި މަސްއޫލިއްަތު ނެގި ނަމަވެސް މިހާރު ސްޕްރީމް ކޯޓުން އެކަން ނުކުރާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: