ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުވި ”ޓިނު ސުކޫލުން“ ރައީސް ސާލިހުގެ ވިސްނުމުގެ ފެންވަރު ފެނޭ: ޑރ ޖަމީލު

ޑރ. މުހައްމަދު ޖަމީލް އަހުމަދު--
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވައިދެއްވީ، ޓިނު ސުކޫލެއްކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި، ހުޅުވާލި ފުރުތަމަ ސުކޫލަށް އިޝާރާތްކުރައްވާ ޖަމީލު ވިދާޅުވީ، އެ ސުކޫލަކީ ގިނަ ދުވަސްްތަކަކާއި، އެތައް ފައީސާތަކެއް ހޭދަ ކުރުމަށްފަހު، ހުޅުވިފައިވާ ސުކޫލެއް ކަމަށެވެ. އެހެން ނަމަވެސް، އެތަނުގައި އަދިވެސް ޓިނު ޖަހާފައި ހުރި ބައިތަކެއް ހުރިކަމަށް ޖަމީލު އިޝާރާތްކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، ދެވަނަ ފިޔަވަހީގައި ހުޅުވި، ”އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް“އާއި އެކު، ރައީސް ސާލިހުގެ ވިސްނުފުޅުގެ ފެންވަރު ހާމަވެގެންދާކަމަށެވެ. އަދި އެއީ ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ވިސްނުމުގެ ފެންވަރު ހުރި ހިސާބުކަމަށްވެސް ޖަމީލުވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ކުރީގެ ރައީސް އަަދި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައިބިނާ ކުރި ”ކޮތަރު ކޮށި“ އަދިވެސް ފެންނަނީ، ޒަމާނީ އަދި ޗާލު ތަނެއް ގޮތަށްކަމަށެވެ. އަދި މިހާލަތު ބަދަލުވާނީ، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެނެސްގެންކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
69%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނައިބު ރައީސް އަކަށް ވާހިތުން ހުރިހާ އައުވާނުންކޮޅު ގޮވައިގެން ތިކުރަނީ ބޭކާރު ޓްވީޓް. ޔާމީން ވެރިކަމަށް އައިސް ޖަމީލު ނޯށުން ރޮއްވާލާތަން ބަލަން މިތިބީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: